Last Updated: April 19, 17:23
Friday, April 19, 2024
ކުޅިވަރު

ޔޫރޯގެ މޮޅު ކުޅުންތެރިއާގެ މަގާމު ޑޮނަރުއްމާ އަށް

ޔޫރޯ ފުޓްބޯޅަ މުބާރާތުގެ މޮޅު ކުޅުންތެރިއާގެ މަގާމު ޗެމްޕިއަން އިޓަލީގެ ޒުވާން ގޯލްކީޕަރު ޖިއާންލުއިޖީ ޑޮނަރުއްމާ އަށް ލިބިއްޖެއެވެ.

އުމުރުން 22 އަހަރުގެ ޑޮނަރުއްމާ އަށް މި މަގާމު ލިބުނުއިރު އޭނާ އަކީ މި މުބާރާތުގައި އެންމެ ގިނަ މިނެޓަށް ކުޅުނު ކުޅުންތެރިޔާއެވެ. އެގޮތުން ޑޮނަރުއްމާގެ ގޯލަށް މުބާރާތުގައި ވަދެފައިވަނީ ހަތަރު ގޯލު ކަމަށްވާއިރު އޭނާ ވަނީ ތިން ކްލީންޝީޓް ހޯދާފައެވެ.

މީގެއިތުރުން އިޓަލީން މުބާރާތުގެ ސެމީ ފައިނަލާއި ފައިނަލުގައި ވެސް ޕެނަލްޓީ ޖަހަން ޖެހުނުއިރު، ޕެނަލްޓީ ޝޫޓް އައުޓުގައިވެސް ޑޮނަރުއްމާ ވަނީ ގިނަ ސޭވްތަކެއް ކޮށްފައެވެ. އެގޮތުން ފައިނަލް މެޗުގައި އޭނާ ވަނީ ދެ ޕެނަލްޓީ މަތަކޮށްފައެވެ.

މިއީ 1992 ވަނަ އަހަރަށްފަހު ޔޫރޯގެ މޮޅު ކުޅުންތެރިއާގެ މަގާމު ގޯލްކީޕަރަކަށް ލިބުނު ފުރަތަމަ ފަހަރެވެ. މީގެކުރިން އެ މަގާމު ހޯދި ގޯލްކީޕަރަކީ ޑެންމާކުގެ ޕީޓަ ޝްމައިކަލް އެވެ.

މުބާރާތުގެ އެންމެ މޮޅު ޒުވާން ކުޅުންތެރިއާގެ މަގާމު ހޯދީ ސްޕެއިންގެ އުމުރުން 18 އަހަރުގެ މިޑްފީލްޑަރު ޕެޑްރީއެވެ. އަދި މުބާރާތުގައި އެންމެ ގިނަ ލަނޑު ޖަހައިގެން ރަން ބޫޓު ހާސިލުކޮށްފައި ވަނީ ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ. ރޮނާލްޑޯ ވަނީ މި މުބާރާތުގައި ޕޯޗުގަލް އިން ކުޅުނު ހަތަރު މެޗުގައި ފަސް ގޯލު ކާމިޔާބުކޮށްފައެވެ.

ރޮނާލްޑޯ އާއި އެއް އަދަދަކަށް ޗެކް ރިޕަބްލިކްގެ ފޯވާޑް، ޕެޓްރިކް ޝިކް ވެސް ގޯލު ޖެހި ނަމަވެސް ރަންބޫޓު ރޮނާލްޑޯ އަށް ލިބުނީ ދެ ކުޅުންތެރިން ޖަހާފައިވާ ލަނޑުތަކުގެ އަދަދު އެއްވަރުވުމުން ކޮށްފައިވާ އެސިސްޓް ތަކަށް ބަލައިގެންނެވެ. އެގޮތުން ރޮނާލްޑޯ ވަނީ އެ އެސިސްޓް މި މުބާރާތުގައި ހަދާފައެވެ.