Last Updated: June 27, 07:18
Saturday, June 27, 2026
ޚަބަރު

އެއާޕޯޓް ތަރައްޤީއަށް އިތުރު 50 މިލިއަން ޑޮލަރު ހޯދައިފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ތަރައްޤީއަށް ކުވައިތް ފަންޑުން 50 މިލިއަން ޑޮލަރުގެ ލޯނެއް ހޯދައިފިއެވެ.

މި އެއްބަސްވުމުގައި ރާއްޖޭގެ ފަރާޓުން ސޮއި ކޮށްފައިވަނީ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރެވެ. އަދި ކުވައިތު ފަންޑުގެ ފަރާތުން ސޮއިކުރެއްވީ ނަދާލް އޭ އަލް-އޮލާޔަނެވެ.

ކުވައިތް ފަންޑުން ހަމަޖައްސާފައިވަނީ 15 މިލިއަން ކުވައިތު ދީނާރު (50 މިލިއަން ޑޮލަރު) ކަމަށްވީއިރު، އެކަމާ ގުޅޭއިތުރު ތަފްސީލެއް އަދި ލިބިފައެއް ނުވެއެވެ.

އެއާޕޯޓު ޕްރޮޖެކްޓްގެ ދަށުން އާ ރަންވޭ އާއި ފިއުލް ފާމެއް، ޕެސެންޖާ ޓާމިނަލް، ސީ ޕްލޭން ޓާމިނަލް އަދި ކާގޯ ކޮމްޕްލެކްސްއެއް ހަދާނެ އެވެ. ސައުދީގެ ބިންލާދީން ކުންފުންޏާ ހަވާލުކޮށްގެން ކުރިއަށްގެންދާ އެ މަސައްކަތަށް 800 މިލިއަން ޑޮލަރު ހަރަދުކުރުމަށް ހަމަޖެހިފައިވެއެވެ.