ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެމްބަރު ކާނަލް ރިޓަޔަރޑް މުހައްމަދު ނާޒިމް ޖުމްހުރީ ޕާޓީން ވަކިވެވަޑައިގެންފިއެވެ.
އެކަން ހާމަކޮށް ނާޒިމް ޖޭޕީގެ ލީޑަރު ޤާސިމް އިބްރާހިމަށް ފޮނުވި ސިޓީއެއްގައި ވިދާޅުވެފައިވަނީ، ސިޔާސީ ޕާޓީއެއް އުފައްދާ ޤައުމާއި ރައްޔިތުންނަށް ފުޅާދާއިރާއެއްގައި ހިދުމަތްކުރުމަށް ޤަސްދުކުރާކަމަށެވެ.
އެހެންކަމުން ޖުމްހޫރީ ޕާޓީގެ މެމްބަރު ކަމުން ވަކިވުމަށް ނިންމާފައިވާކަމަށެވެ.
ސިޔާސީ ޕާޓީއެއް އުފައްދާ ގައުމަށް މިހާރަށްވުރެ ފުޅާ ދާއިރާއެއްގައި ހިދުމަތްކުރަން ބޭނުންވާތީ މިއަދުން ފެށިގެން ޖުމްހޫރީ ޕާޓީއިން ވަކިވެއްޖެއައިން. pic.twitter.com/OV1mjrf49c
— Col(rtd)Mohamed Nazim MP (@nazim7878) July 12, 2021
ނާޒިމްގެ އިތުރުން ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ރިޔާޒް ވެސް ވަނީ ޖޭޕީން ވަކިވެވަޑައިގެންފައެވެ.
ރިޔާޒާއި ނާޒިމް އިސްވެ ތިއްބަވާ މަޖިލީހުގެ އިތުރު މެމްބަރުން ތަކަކާއެކު އުފައްދަވާ ސިޔާސީ ޕާޓީއަށް ސޮއި ހަމަކޮށްފައިވާކަމަށްވެސް މައުލޫމާތުލިބެއެވެ.