Last Updated: July 22, 18:06
Wednesday, July 22, 2026
ދުނިޔެ

އިންޑޮނޭޝިއާގެ ކޮވިޑް ހާލަތު: އޮކްސިޖަން ނުލިބި މީހުން މަރުވަނީ

A patient rests on the floor at a temporary tent outside the emergency ward of a government hospital, amid the coronavirus disease (COVID-19) pandemic in Bekasi, on the outskirts of Jakarta, Indonesia, June 25, 2021. REUTERS/Willy Kurniawan

އިންޑޮނޭޝިއާގައި ކޮވިޑް ހާލަތު ވަރަށް ބޮޑަށް ގޯސްވެ، ގިނަ އަދަދެއްގެ ރައްޔިތުން ދަނީ އޮކްސިޖަން ނުލިބުމުގެ ސަބަބުން މަރުވަމުންނެވެ.

ހޮސްޕިޓަލްތައް ފުރި އަދި ފަރުވާ ދެވޭނެ ގޮތެއް ނެތުމުގެ ސަބަބުން ގިނަ ބަޔަކު ދަނީ ގޭގައި އަމިއްލައަށް ފަރުވާ ދިނުމަށް ފޮނުވަމުންނެވެ. އެހެން ކަމުން ގޭގައި ތިބެގެން ފަރުވާ ނުލިބި މަރުވާ މީހުންގެ އަދަދު ދަނީ އިތުރުވަމުންނެވެ.

އޮކްސިޖަން ލިބުން ވަނީ އެ ގައުމުގައި އުނދަގޫ ކަމަކަށް ވެފައެވެ. އޮކްސިޖަން ލިބެން ހުރި ފިހާރަތައް ކައިރީގައި ކޮންމެ ދުވަހަކު އެތައް ސަތޭކަ މީހުން ދަނީ ސަފުހަދާ އެތައް ގަޑިއިރެއް އޮކްސިޖަން ގަތުމަށް ހޭދަކުރަމުންނެވެ. އެހެން ނަމަވެސް ބައެއް ފަހަރު ތަންކޮޅެއް ފަހަތުގައި ތިބޭ ފަރާތްތަކުން ކައުންޓަރާއި ހިސާބަށް އަންނައިރު އެ ފިހާރައިން އޮކްސިޖަން ހުސްވެއެވެ. މިގޮތަށް އެއް ތަނުން އަނެއްތަނަށް ދުވެ ދުވާލު ހަތަރުދަން ހޭދަކޮށްގެން ވެސް އޮކްސިޖަން ނުލިބި ހުސް އަތާއި މަރާއި ހަނގުރާމަ ކުރަމުންދާ ލޯބިވާ މީހުންގެ ގާތަށް އެނބުރި އަންނަން ޖެހޭ ކަމަށް ބައެއް ފަރާތްތަކުން ވަނީ ބުނެފައެވެ.

ހޮސްޕިޓަލްތައް ވަނީ ފުރި ބާރުވެފައެވެ. ޑޮކްޓަރުންނާއި ނަރުހުން ބުނާ ގޮތުގައި މި ވަރަށް އެމީހުން ކަންބޮޑުވީ ފަހަރެއް އަދި ނާދެއެވެ. އެމީހުންނަށް އޮކްސިޖަން ޓޭންކާއި އޮކްސިޖަން ރީފިލް އާއި ބޭސް ބޭނުންވާ ކަމަށް ޑޮކްޓަރުން ދަނީ ބުނަމުންނެވެ.

ދުވާލެއްގެ މައްޗަށް ޕޮޒިޓިވްވާ ކޭސްތަކުގެ އަދަދު 50،000 އާއި 60،000އާއި ހަމަޔަށް އަރާފަނެ ކަމަށް އޮފިޝަލުން ބުނެއެވެ. މިހާތަނަށް އިންޑޮނޭޝިއާއިން ކޮވިޑް ޖެހުނު މީހުންގެ އަދަދު ވަނީ 2.53 މިލިއަނަށް އަރާފައެެވެ. އަދި ކޮވިޑް ޖެހިގެން 66،464 މީހުން ވަނީ މަރުވެފައެވެ. ކުރިޔަށް އޮތް ދުވަސްތަކުގައި މި އަދަު ބޮޑުތަނުން އިތުރުވެދާނެ ކަމުގެ ބިރު އޮތް ކަމަށް ސިއްހީ މާހިރުން ދަނީ ބުނަމުންނެވެ.