Last Updated: June 27, 06:04
Saturday, June 27, 2026
ޚަބަރު

"ރައީސް ސޯލިހާއި ފިކުރީގޮތުން ހިޔާލު ތަފާތު"

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ފިކުރީގޮތުން ހިޔާލު ތަފާތު ކަމަށް އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު މިހެން ވިދާޅުވީ އެމްޑީޕީގެ ގިނަ އަދަދެއްގެ މެމްބަރުން ތިބޭ "ޖަޒީރާ" ވަޓްސް އެޕް ގްރޫޕަށް މިއަދު ފޮނުއްވި މެސެޖެއްގައެވެ.

އެ މެސެޖުގައި ރައީސް ސޯލިހާއި މައްސަލައެއް ޖެހިގެން ނޫޅޭކަމަށާއި، އެހެންނަމަވެސް ފިކުރީގޮތުން ހިޔާލު ތަފާތު ކަމަށް ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ، ރައީސް ސޯލިހާއެކު ސިޔާސީ ގޮތުން ހުރެވެން ނެތްކަމަށެވެ. އަދި ރައީސް ޔާމީނާއި ޕީޕީއެމުން މެދުމިނުގެ ދީނީ ސިޔާސަތަކަށް ތާއީދު ކުރާނަމަ އެހީއަށް އެދޭނެކަމަށެވެ.

އެމްޑީޕީގެ ތެރޭގައި އުފެދިފައިވާ ހިޔާލު ތަފާތުވުންތަކުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ނަޝީދަށް ތާއީދުކުރާ ބައެއް މެމްބަރުން އަންނަނީ ރައީސް ސޯޅިހަށ ްފާޅުގައި ފާޑުވިދާޅުވެ އިސްތިއުފާއަށްވެސް ގޮވަމުންނެވެ.