Last Updated: June 27, 06:04
Saturday, June 27, 2026
ޚަބަރު

ވިލިނގިލި ބަނދަރު ފުންކުރުމުގެ މަސައްކަތުގެ ބޮޑުބައި ނިމިއްޖެ

ގއ. ވިލިނގިލި ބަނދަރު ފުންކުރުމުގެ މަސައްކަތުގެ ބޮޑުބައެއް ނިމިއްޖެއެވެ.

އެމްޓީސީސީއިން ބުނެފައިވަނީ ގއ. ވިލިނގިލި ބަނދަރު ފުންކުރުމުގެ މަޝްރޫއުގެ މަސައްކަތުގެ 70 އިންސައްތަ މަސައްކަތް ނިމިފައިވާކަމަށެވެ. އަދި ހާބަރ ބޭސިން ފުކުރުމުގެ މަސައްކަތުގެ 82 ޕަސެންޓް ނިމިފައިވާކަމަށެވެ.

މި މަޝްރޫޢުގެ ދަށުން، 71،519 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ހާބަރ ބޭސިން ފުންކުރުމާއި ނެރު ފުންކުރުމުގެ މަސައްކަތް ހިމެނޭ ކަމަށް އެމްޓީސީސީން މައުލޫމާތުދެއެވެ.

މި މަޝްރޫޢަކީ 9.1 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.