Last Updated: June 27, 06:04
Saturday, June 27, 2026
ޚަބަރު

އިސްލާމިކް ޔުނިވަސިޓީއާ އިންޑިއާގެ މުސްލިމް ޔުނިވަސީޓީއާ ދެމެދު އެމްއޯޔޫ އެއްގައި ސޮއިކުރަނީ

އިންޑިއާގެ އަލީގަޅު މުސްލިމް ޔުނިވާސިޓީ (އޭ.އެމް.ޔޫ) އާއި ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީ (އައި.ޔޫ.އެމް) އާއި ދެމެދު އެމްއޯޔޫ އެއްގައި ސޮއި ކުރުމުގެ މަސައްކަތް ފަށައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ކުރިއަށް އޮތް ދެތިން މަސް ދުވަހުގެ ތެރޭގައި މި އެމް.އޯ.ޔޫ އިމްޕްލިމެންޓޭޝަން ސްޓޭޖަށް ވާސިލްވާނެއެވެ.

މި އެމްއޯޔޫގެ ދަށުން ދެ މުއައްސަސާގެ ދެމެދުގައި ސްޓޫޑެންޓް އެކްސްޗޭންޖް، ޓީޗިންގް އަދި ރިސާޗް ސްޓާފް އެކްސްޗޭންޖް، އެއް މުއައްސަސާގެ ދަރިވަރުންނާއި މުވައްޒަފުންނަށް އަނެއް މުއައްސަސާގައި ކުރު މުއްދަތުގެ ނުވަތަ އެކްސްޓެންޑެޑް ސްޓަޑީ ޕްރޮގްރާމްތަކުގައި ބައިވެރިވެވޭ، އަދި ދެ ޔުނިވާސިޓީގެ އޮތޮރައިޒްޑް އޮފިޝަލުންނަށް އެއް މުއައްސަސާއިން އަނެއް މުއައްސަސާއަށް ދަތުރުތައް ކުރުމަށް މަގުފަހިވާ ފަދަ ނިޒާމެއް ގާއިމްކުރުމުގެ އިތުރުން ކުރު މުއްދަތުގެ ތަމްރީން އަދި އިންޓާންޝިޕް ޕްރޮގްރާމްތައް ގާއިމްކުރުމުގެ އިންތިޒާމްތައް ހަމަޖެހިގެންދާނެއެވެ.

އިންޑިއާގެ އަލީގަޅު މުސްލިމް ޔުނިވާސިޓީއަކީ ގާތްގަނޑަކަށް 40،000 ދަރިވަރުންނާއި 1700 މުދައްރިސުން ހިމެނޭ ޕަބްލިކް ޔުނިވާސިޓީއެކެވެ. އޭ.އެމް.ޔޫ ގައި އާޓްސް، ޓެކްނޮލޮޖީ، މެޑިސިން، މެނޭޖްމެންޓް، ކޮމާސް، އެގްރިކަލްޗާ، ލައިފް ސައިންސެސް، ލޯ، ތިއޮލޮޖީ އަދި އިންޓަނެޝަނަލް ސްޓަޑީޒް ފަދަ 13 ފެކަލްޓީ ހިމެނެއެވެ. އަދި ޔުނިވާސިޓީގެ ދަށުން 7 ހައި ސްކޫލާއި 2 ސެކަންޑަރީ ސްކޫލް ހިންގެއެވެ. އޭ.އެމް.ޔޫ ވަނީ ދާދި ފަހުން ސެންޓަރ ފޯ ޔުނިވާސިޓީ ވޯލްޑް ރޭންކިންގްސް (ސީ.ޔޫ.ޑަބްލިއު.އާރ) އިން ޝާއިއު ކޮށްފައިވާ ރޭންކިންގް އިން އިންޑިއާގެ އެންމެ ފެންވަރު ރަގަޅު 8 ވަނަ ޔުނިވާސިޓީގެ މަގާމް ހާސިލުކޮށްފައެވެ.