Last Updated: June 27, 06:04
Saturday, June 27, 2026
ޚަބަރު

އޮޑިޓަރ ޖެނެރަލްގެ މަގާމަށް ނިޔާޒީ އައްޔަނު ކުރައްވައިފި

ފޮޓޯ: ރައީސް އޮފީސް

ހުސްވެފައިވާ އޮޑިޓަރ ޖެނެރަލްގެ މަގާމަށް ހުސައިން ނިޔާޒީ އައްޔަނު ކުރައްވައިފިއެވެ.

އޮޑިޓަރ ޖެނެރަލްގެ މަގާމަށް ނިޔާޒީ އައްޔަނު ކުރައްވާފައިވަނީ މިއަދު ރައީސް އޮފީހުގައި ކުރިއަށްގެންދިޔަ ރަސްމިއްޔާތުގައެވެ.

ނިޔާޒީ މީގެ ކުރިން ހުންނެވީ އެސިސްޓެންޓް އޮޑިޓަރ ޖެނެރަލްގެ މަގާމުގައެވެ. ނިޔާޒީ އެސިސްޓެންޓް އޮޑިޓަރ ޖެނެރަލްގެ މަގާމަށް އައްޔަނު ކޮށްފައިވަނީ 20 ޑިސެމްބަރު 2011 ގައެވެ.

ނިޔާޒީ އޮޑިޓަރ ޖެނެރަލްގެ މަގާމަށް އައްޔަނު ކުރުމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފައިވަނީ ޖުލައި 8 ވަނަ ދުވަހުއެވެ.

އޮޑިޓަރ ޖެނަރަލްގެ މަގާމަށް ބޭފުޅަކު އައްޔަނު ކުރައްވާފައިވަނީ އެ މަގާމުގައި ހުންނެވި ހަސަން ޒިޔަތުގެ ނަން އެމްއެމްޕީއާރްސީގެ ފައިސާ ލިބިފައިވާ މީހުންގެ ލިސްޓުގައި އޮތުމުން އޭނާ އެމަގާމުން އިސްތިއުފާދީފައިވާތިއެވެ.