Last Updated: June 27, 06:04
Saturday, June 27, 2026
ޚަބަރު

އައްޑޫ ބިން ހިއްކުމުގެ މަޝްރޫއުއާ ގުޅޭގޮތުން ރައްޔިތުންގެ ހިޔާލު ހޯދަނީ

ފޮޓޯ: އައްޑޫސިޓީ ކައުންސިލް

އައްޑޫސިޓީ ބިން ހިއްކުމުގެ މަޝްރޫއުާ ގުޅޭގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމަށް ބައްދަލުވުމެއް ބޭއްވުމަށް ނިންމައިފިއެވެ.

އައްޑޫސިޓީ ކައުންސިލުން ބުނެފައިވަނީ، ބިން ހިއްކުމުގެ މަޝްރޫޢުގައި ހިމެނޭ ހިތަދޫ ބިން ހިއްކުމާ ގުޅޭގޮތުން، ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯދުމުގެ ގޮތުން މަޝްރޫޢުގެ އީ.އައި.އޭ ކޮންސަލްޓެންޓް، ވޯޓަރ ސޮލިއުޝަންސް ޕްރައިވެޓް ލިމިޓެޑް ގެ ފަރާތުން ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ބައްދަލުވުމެއް މިއަދު މެންދުރު 02:00 ގައި އޮންނާނެ ކަމަށެވެ.

މި ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ އައްޑޫހައި ސްކޫލުގައެވެ.

މި ބައްދަލުވުމުގައި ބައިވެރިވުމުގެ ދައުވަތު ކައުންސިލްވަނީ ރައްޔިތުންނަށް އަރުވާފައެވެ.