Last Updated: June 27, 06:04
Saturday, June 27, 2026
ޚަބަރު

ކުރިއަށް އޮތް ހަފްތާތަކުގެ ތެރޭގައި މިނިމަމް ވޭޖް އިއުލާނު ކުރެވޭނެ: ފައްޔާޒް

އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް - ފޮޓޯ: ރައީސް އޮފީސް

ކުރިއަށް އޮތް ހަފްތާތަކުގެ ތެރޭގައި މިނިވަން ވޭޖް އިއުލާނު ކުރެވޭނެކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ފައްޔާޒް މިފަދައިން ވިދާޅުވެފައިވަނީ ފަންނީ ހުނަރުވެރި މަސައްކަތްތެރިންގެ ހުނަރު އިމްތިހާންކޮށް ސަނަދު ދިނުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

އެގޮތުން މިނިސްޓަރު ފައްޔާޒް ވިދާޅުވީ، ރާއްޖޭގައި ވަޒީފާ ނެތް މީހުންގެ އަދަދު ނިސްބަތުން މަދުނަމަވެސް ކުރާ މަސައްކަތާއި އަޅާބަލާއިރު ލިބޭ އާމްދަނީ ކުޑަވުމަކީ ބޮޑު މައްސަލައެއްކަމަށާއި، މަސައްކަތްތެރިންނަށް ހުރި މިފަދަ ގޮންޖެހުންތައް ނައްތާލުމަކީ މުހިއްމުކަމެއްކަމަށެވެ.

މިނިމަމް ވޭޖް ކަނޑައެޅިގެންދާއިރު މުޅި ދުނިޔެވެސް މިއޮތީ އުނދަގޫ މަރުހަލާއެއްގައި ކަމަށާއި، އެހެންނަމަވެސް ކުރިއަށް އޮތް ހަފްތާތަކުގެ ތެރޭގައި މިނިމަމް ވޭޖް އެއް އިޢުލާން ކުރެވިގެން ދާނެކަމަށް މިނިސްޓަރު ފައްޔާޒް ވިދާޅުވިއެވެ.

މިނިމަމް ވޭޖް އެޑްވައިޒަރީ ބޯޑުން އިކޮނޮމިކް މިނިސްޓަރަށް ލަފާދެއްވާފައިވަނީ މިނިމަމް ވޭޖްގެ ގޮތުގައި 6400 ރުފިޔާ ހަމަޖެއްސުމަށެވެ.