Last Updated: June 27, 06:04
Saturday, June 27, 2026
ޚަބަރު

ކޮވިޑް-19 އިން ދިފާއުވުމަށް ޖަޕާނުން ރާއްޖެއަށް ވެކްސިން ހަދިޔާކުރަނީ

ކޮވިޑް-19 އިން ދިފާއުވުމަށް ކޮވެކްސް ފެސިލިޓީގެ ދަށުން ޖަޕާނުން ދިވެހިރާއްޖެއަށް ވެކްސިން ހަދިޔާކުރުމަށް ނިންމައިފިއެވެ.

އެކަން ހާމަކޮށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވަނީ، ޖަޕާނުން ކޮވެކްސް ފެސިލިޓީގެ ދަށުން 10 ޤައުމަކަށް 11 މިލިއަން ވެކްސިން ޑޯޒް ފޯރުކޮށްދިނުމަށް ނިންމާފައިވާއިރު އެ 10 ޤައުމުގެ ތެރޭގައި ރާއްޖެވެސް ހިމެނޭކަމަށެވެ.

މިއީ ރާއްޖެއާއި ޖަޕާނުގެ ގާތް ގުޅުން ހާމަކޮށްދޭކަމެއްކަމަށާއި، އެކަމަށްޓަަކައި ޖަޕާނު ސަރުކާރާއި ރައްޔިތުންނަށް ޝުކުރު އަދާކުރާކުރާކަމަށް މިނިސްޓަރު ޝާހިދު ވިދާޅުވިއެވެ.

ކޯވެކްސް ފެސިލިޓީއަކީ ދުނިޔޭގެ ހުރިހާ ޤައުމަކަށް ހަމަހަމަކަމާއިއެކު ކޯވިޑް-19 ވެކްސިން ފޯރުކޮށްދިނުމުގައި ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާ، ޑަބްލިއުއެޗުއޯއިން އިސްވެ އުފައްދާފައިވާ ފެސިލިޓީއެކެވެ.