Last Updated: June 27, 02:30
Saturday, June 27, 2026
ޚަބަރު

ދެކުނު ޗައިނާ ކަނޑުގައި ޗައިނާއިން ކުރާކަންކަމަށް ފާރަވެރިވާނަން: އެމެރިކާ

ޗައިނާއިން ދެކުނު ޗައިނާ ކަނޑުގައި ކުރާކަންކަމަށް އެމެރިކާއާއި ފިލިޕިންސުން ގުޅިގެން ފާރަވެރިވާނެކަމަށް އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންތޮނީ ބްލިންކަން ވިދާޅުވެއްޖެއެވެ.

މާޗް މަހުން ފެށިގެން ފިލިޕިންސާއި ޗައިނާއާ ދެމެދު ނުތަނަވަސްކަން އުފެދިފައިވަނީ ދެކުނު ޗައިނާ ކަނޑުގެ ދެބަސްވުން އުފެދިފައިވާ ސަރަހައްދުގައި ޗައިނާގެ އެތައް ސަތޭކަ ބޯޓުފަހަރެއް ހަރަކާތްތެރިވުމުންނެވެ.

އެ ސަރަހައްދުގައި އުފެދޭ ނުތަވަސްކަމެއްގައި ޗައިނާއިން އަމަލުކުރާ ގޮތެއްގެ ސަަބަބުން އެމެރިކާއިން ސީދާ އެކަމުގައި ހަރަކާތްތެރި ވާންޖެހިދާނެ ކަމަށްވެސް ބްލިންކިން ވިދާޅުވެފައިވެއެވެ. އެގޮތުން ޗައިނާއިން ފިލިޕިންސްގެ އާންމުންގެ ބޯޓުފަހަރަށް ނުވަތަ އަސްކަރީ އުޅަނދަކަށް ހަމަލާއެއް ދީފިނަމަ އެކަމުގެ ތެރެއަށް އެމެރިކާއިން ވެސް ވަންނާނެކަމަށާއި، ޗައިނާއިން ދެކުނު ޗައިނާ ކަނޑުގައި ހިނގާ ކަންކަމަށް އެމެރިކާއާ ފިލިޕިންސް ގުޅިގެން ފާރަވެރިވާނެކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން ބްލިންކިން ވަނީ ބައިނަލްއަޤްވާމީ ކަނޑުތަކުގެ ޤާނޫނުށާއި، މުއާހަދާތަކާ އެއްގޮތަށް އަމަލުކުރުމަށް ޗައިނާއަށް ގޮވާލާފައެވެ.