އެސްޓީއޯއިން ރާއްޖޭގައި ވިއްކާ ތެލުގެ އަގަށް ބަދަލުގެނެސްފިއެވެ.
އެސްޓީއޯއިން ބުނެފައިވަނީ ދުނިޔޭގެ ތެލުގެ ބާޒާރަށް އައިސްފައިވާ ބޮޑު ބަދަލާއެކު އެސްޓޮއޯއިން ފޯރުކޮށްދެމުންދާ ތެލުގެ ހިދުމަތް ދެމެހެއްޓެނިވި ގޮތެއްގައި ގެންދިއުމަށް މިއަދުން ފެށިގެން ތެލުގެ އަގަށް ބަދަލުގެނެސްފައިވާކަމަށެވެ.
އެގޮތުން ގެނެސްފައިވާ ބަދަލާއެކެ، ޑީސަލް ލިޓަރެއްގެ އަގު 10.95ރ އަދި ޕެޓްރޯލް ލިޓަރެއްގެ އަގު 10.72 ރ އަށް ބަދަލުގެނެސްފައިވާކަމަށެވެ.
އެސްޓީއޯއިން ތެލުގެ އަގަށް އެންމެ ފަހުން ބަދަލު ގެނެސްފައިވަނީ ޖޫން މަހުގެ 20 ވަނަ ދުވަހުއެވެ.