Last Updated: June 27, 02:30
Saturday, June 27, 2026
ޚަބަރު

ބައިނަލްއަޤްވާމީ ގޮތުން ދެވޭނެ އެންމެ އުހަށް ރައީސް ސޯލިހް ރާއްޖެ ގެންދަވައިފި: ޝާހިދު

ފޮޓޯ: ރައީސް އޮފީސް

ބައިނަލްއަޤްވާމީ މައިދާނުގައި ދެވޭނެ އެންމެ އުހަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރާއްޖެ ގެންދަވާފައިވާކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ޝާހިދު މިފަދައިން ވިދާޅުވެފައިވަނީ މިފަދައިން ވިދާޅުވެފައިވަނީ މަރާމާތަށްފަހު ފޮރިންގ މިނިސްޓްރީގެ އިމާރަތް ކުރީގެ މިނިސްޓަރ މަރްހޫމް ފަތުހުﷲ ޖަމީލްގެ ނަމަށް ބަދަލުކުރައްވާ ހުޅުވުމަށް ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ޝާހިދު ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސަތުގެ ދަށުން ބައިނަލްއަޤްވާމީ މައިދާނުގައި ދެވެން އޮތް އެންމެ އުހަށް ރައީސް ސޯލިހް ދިވެހިރާއްޖެ ގެންގޮސްދެއްވާފައި ވާކަމަށެވެ.

މުޅި ދުނިޔެއިން ރާއްޖެ އެކަހެރިވެފައި ވަނިކޮށް އަލުން ބައިނަލްއަޤްވާމީ މައިދާނުގައި ރާއްޖެ ކުރިއަށް އަރައިގެން ގޮސްފައިވަނީ ރައީސް ސޯލިހްގެ ހިކުމަތު އަމަލީގެ ސަބަބުން ކަމަށް ޝާހިދު ވިދާޅުވިއެވެ. އަދި އެމަގަށް ދެވުނީ ފަތުހުﷲ ޖަމީލްވެސް ގެންގުޅުއްވި ވިސްނުންފުޅު ގެންގުޅުއްވުމުން ކަމަށް ޝާހިދު ވިދާޅުވިއެވެ.

"އެމަނިފާނު [ފަތުހުﷲ ޖަމީލް] ބޭރު މީހުންނާ ބައްދަލުކުރައްވާކަށް ޖެހިލުންވެވަޑައެއް ނުގަންނަވާ. އެމަނިކުފާނު ބޭރު މީހުންނާ ވާހަކަ ދައްކަވާކަށް ޖެހިލުންވެވަޑައެއް ނުގަންނަވާ. ދަތިވަގުތުތަކުގައި ވެސް އެމަނިކުފާނު ބޭރުމީހުންނާ އެކު ވާހަކަދައްކަވާ ހައްލު ހޯއްދެވުމަށް މަސައްކަތްޕުޅު ކުރެއްވި."

ފަތުހުﷲ ޖަމީލާއި ގުޅޭގޮތުން ވާހަކަ ދައްކަަވަމުން މިނިސްޓަރު ޝާހިދު ވިދާޅުވީ އެމަނިކުފާނު މިނިސްޓަރު ކަމުގައި ހުންނެވިއިރު މަސައްކަތް ކުރެއްވީ ހާރިޖީ މުއައްސަސާ ބިނާކުރެއްވުމަށް ކަމަށެވެ.

މިނިސްޓަރު ޝާހިދު ވިދާޅުވީ މިއިމާރާތަކީ ފަތުހުﷲ ޖަމީލުގެ އަމިއްލަ ކުރެހުމެއްގެ މައްޗަށް ފަރުމާކޮށްގެން 3 ރިޔަލެއް އެކުލެވޭ ދިވެހިންގެ މިނިވަންކަމާއި ސިޔާސަދަތު ދައްކުވައިދޭ ވަރަށް ފުރިހަމަ އިމާރާތަކެއްކަމަށާއި އިމާރާތުން ރަމްޒުކޮށްދެނީ ރާއްޖެއަކީ ޚާރިޖީ ދާއިރާގައި ކިތަންމެ ގަދަ ކަނޑެއްގައި ދަތުރުކުރެވޭނެ ހިކުމަތާއި، ފެންވަރުހުރި ޤައުމެއްކަމުގައި ކަމަށެވެ.