Last Updated: June 27, 02:30
Saturday, June 27, 2026
ޚަބަރު

ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ އުޝާމަށް ދީފި

ވިލިމާލެ ދާއިރާގެ މެންބަރު އުޝާމް -- ފޮޓޯ / މަޖިލިސް

ސިޔާސީ ޕާޓިއެއް އުފެއްދުމުގެ ހުއްދަ ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމަށް ދެއްވައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނެފައިވަނީ، "މޯލްޑިވްސް ނޭޝަނަލް ޕާޓީ" ގެ ނަމުގައި ސިޔާސީ ޕާޓީ އެއް އުފެއްދުމަށް މަސައްކަތް ކުރުމުގެ ހުއްދަ ވ.ވަސްމީރުފިޔަ އަލްއުސްތާޛް އަޙްމަދު އުޝާމަށް ދިނުމަށް ކޮމިޝަނުން މިއަދު ނިންމާފައިވާކަމަށެވެ.

މި ސިޔާސީ ޕާޓީއަކީ ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެމްބަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމާއި ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް އިސްވެހުންނަވާ އުފައްދަވާ ޕާޓީއެވެ.

މި ޕާޓީއަށް އުޝާމްގެ އިތުރުން މަޖިލީހުން ދެން ގުޅިވަޑަިއގަންނަވާ މެމްބަރުންނަކީ ނޮޅިވަރަމު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު (މޮސްޓާ) އާއި ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުލްމުހުސިން ހަމީދެވެ.