Last Updated: June 27, 02:30
Saturday, June 27, 2026
ޚަބަރު

ނާޒިމްގެ "މޯލްޑިވްސް ނެޝަނަލް ޕާޓީ"އަށް މަޖިލީހުގެ 5 މެމްބަރުން

މުހައްމަދު ނާޒިމް - ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެމްބަރު ކާނަލް ރިޓަޔަރޑް މުހައްމަދު ނާޒިމް އުފައްދަވާ ސިޔާސީ ޕާޓިއަށް ރައްޔިތުންގެ މަޖިލީހުގެ ފަސް މެމްބަރުން ގުޅިވަޑައިގަންނަވާނެކަން ހާމަކުރައްވައިފިއެވެ.

މިކަން ހާމަކުރައްވާފައިވަނީ ވިލިނގިލީ ދާއިރާގެ މެމްބަރު އަހުމަދު އުޝާމެވެ. އުޝާމް މިކަން ހާމަކުރެއްވީ އެ ޕާޓި އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން އުޝާމަށް ދެއްވިކަން މިއަދު ހާމަކުރެއްވުމުންނެވެ.

މޯލްޑިވްސް ނެޝަނަލް ޕާޓީއަށް ރައްޔިތުންގެ މަޖިލީހުން ގުޅިވަޑައިގަންނަވާ މެމްބަރުންނަކީ ކާނަލް ނާޒިމާއި، ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒާއި، ވިލިނގިލީ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް، ނޮޅިވަރަމު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު (މޮސްޓާ) އަދި ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުލްމުހުސިން ހަމީދެވެ.

އުޝާމް މިއަދު ވިދާޅުވެފައިވަނީ، އުއްމީދަކީ މާލަސްތަކެއް ނުވެ ޕާޓީ ރަޖިސްޓްރީ ކުރުމަށް ކުރަންޖެހޭ ކަންކަން ކޮށް ނިންމުމަށް ކަމަށެވެ.