Last Updated: July 22, 17:21
Wednesday, July 22, 2026
ޚަބަރު

އިންޑިއާގައި ކޮވިޑް ކޭސްތައް އިތުރުވެ ތިންވަނަ ރާޅެއްގެ އިންޒާރު

A woman mourns after seeing the body of her son who died due to the coronavirus disease (COVID-19), outside a mortuary of a COVID-19 hospital in New Delhi, India, May 12, 2021. REUTERS/Adnan Abidi

އިންޑިއާގައި ކޮވިޑް ކޭސްތައް އިތުރުވެ ތިންވަނަ ރާޅެއްގެ އިންޒާރު އެ ގައުމުގެ މިނިސްޓްރީ އޮފް ހެލްތް އެންޑް ފެމިލީ ވެލްފެއާއިން އިންޒާރުދީފައެވެ.

ފާއިތުވި 24 ގަޑިއިރު ތެރޭގައި އިންޑިއާއިން ވަނީ 41،806 އާ ކޭސް ރިޕޯޓު ކުރެވިފައި ވާކަން ވަނީީ މިނިސްޓްރީ އޮފް ހެލްތު އެންޑް ފެމިލީ ވެލްފެއާއިން ހާމަކޮށްފައެވެ. ބުދަ ދުވަހު ވެސް އިންޑިއާއިން ވަނީ 38،792 އާ ކޭސް ފެނިފައެވެ.

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އިންޑިއާއިން 581 މީހުން މިބަލީގައި މަރުވި އިރު، 39،130 މީހުން ވަނީ ބަލިން ރަނގަޅު ވެފައެވެ. މިވަގުތު އެކްޓިވް ކޭސްގެ ގޮތުގައި އެ ގައުމުގައި 411،989 ކޭސް އެބަވެއެވެ.

އިންޑިއަން ކައުންސިލް އޮފް މެޑިކަލް ރިސާޗްއިން ބުނެފައިވާ ގޮތުގައި ޖުލައި 14 ވަނަ ދުވަހާއި ހަމަޔަށް 43،80،11،958 ސާމްޕަލް ވަނީ ޕޮޒިޓިވް ވެފައެވެ. އިންޑިއާގެ ތަފާސް ހިސާބު ތަކުން ދައްކާ ގޮތުގައި 39،13،40،491 މީހުންނަށް މިހާތަނަށް ވަނީ ކޮވިޑްއިން ރައްކާތެރިވުމަށް ދެވޭ ވެކްސިން ދީފައެވެ.

ފާއިތުވި މަހުގެ ތެރޭގައި ވެސް އިންޑިއާގެ ކޮވިޑް ހާލަތު ވަރަށް ދަށަށް ދިޔައެވެ. މީހުން މަރުވެ އެމީހުން އެންދޭނެ ގޮތް ނެތި މަގުމަތީގައި މަރުވެފައިވާ މީހުންގެ ހަށިތައް އެތައް ދުވަހެއް ވަންދެން ބައިތިއްބައިގެން ބައެއް މީހުންނަށް ތިބެން ޖެހުނެވެ.

ތިންވަނަ ރާޅެއް އަރައިފިއްޔާ އަނެއްކާވެސް ވަރަށް ނުރައްކާ ހާލަތަކަށް އިންޑިއާ ގޮސްދާނެކަމުގެ ބިރު އޮތްކަމަށް ތަޖުރިބާކާރުން ބުނެއެވެ.