ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ހދ. ކުޅުދުއްފުށި ސިޓީގެ ސްކޫލްތަކަށް ޒިޔާރަތް ޒިޔާރަތްކުރައްވަފިއެވެ.
ރައީސް ސޯލިހް ތިން ރަށަކަށް ކުރައްވަމުން އަންނަ ދަތުރުފުޅުގެ ތެރެއިން މިހާރު ކުޅުދުއްފުށިސިޓީގައި ހުންނެވިއިރު، އެމަނިކުފާނު އަންނަަނީ އެސިޓީގެ އެކި އިދާރާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވަމުންނެވެ.
އެގޮތުން މިއަދި ރައީސް ސޯލިހް ވަނީ ހދ. އަތޮޅު ތައުލީމީ މަރުކަޒާއި، ޖަލާލުއްދީން ސްކޫލް އަދި އަފީފުއްދީން ސްކޫލުގެ އިސްވެރިންނާ ބައްދަލު ކުރައްވާފައެވެ. ރައީސް ސޯލިހާއެކު އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތް އަލީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އަދި ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމްވެސް މި ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންފައިވެއެވެ.
President @ibusolih meets senior officials of H.Dh. Atoll Education Center and Jalaluddin School and Afeefuddin School, in Kulhudhuffushi City pic.twitter.com/4xZFQbnd9C
— The President's Office (@presidencymv) July 17, 2021
ރައީސްގެ އަނބިކަނބަލުން ފަޒްނާ އަހުމަދު ވެސް މިދަތުރުފުޅުގައި ބައިވެރިވެވަޑައިގެން އެކި ފަރާތްތަކާ އަންނަނީ ބައްދަލުކުރައްވަމުން ނެވެ.