Last Updated: June 27, 02:30
Friday, June 26, 2026
ޚަބަރު

ޑެވޮންޑޭލްގެ ޚާއްސަ ޕްރޮމޯޝަނެއް އެސްޓީއޯއިން ފަށައިފި

އެސްޓީއޯއިން ޑެވޮންޑޭލް ކިރުގެ ޚާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.

މި ޕްރޮމޯޝަން އެސްޓީއޯއިން ފަށާފައިވަނީ ބްރާސްފަތި ދުވަހުއެވެ. ޖުލައި ފަނަރައިން ފެށިގެން ނޮވެމްބަރު މަހުގެ ފަނަރައަށް ކުރިޔަށްގެންދާ މި ޕްރޮމޯޝަންގެ ދަށުން އެއްހާސް ރުފިޔާގެ ކޮންމެ ވިޔަފާރިއަކަށް ކޫޕަނެއް ލިބިގެންދާނެ ކަމަށް އެސްޓީއޯއިން މައުލޫމާތުދެއެވެ.

މި ޕްރޮމޯޝަން ކުރިޔަށް ގެންދަނީ އެސްޓީއޯ ސުޕަމާޓް، އެސްޓީއޯ ސުޕަމާޓް ހޯލްސޭލް ސެންޓަރގެ އިތުރުން އެސްޓީއޯގެ ސަރަހައްދީ ފިހާރަތަކުގައި ކަމަށް މައުލޫމާތުދެއެވެ.

އެސްޓީއޯއިން ބުނެފައިވަނީ މި ޕްރޮމޯޝަން ނިމުމުން ގުރު އަތުން ހޮވޭ ފަރާތަކަށް ދިނުމަށް ކަނޑައަޅާފައިވަނީ އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓުން ވިއްކާ ތަކެތި ހިމެނޭ ޚާއްސަ ގިފްޓް ހެމްޕަރއެއްކަމަށެވެ.

އެސްޓީއޯއިންވަނީ ޑެވޮންޑޭލް ފުލްކްރީމް އެއް ލީޓަރ ޕެކެޓް ވިއްކަމުންއައި އަގުވެސް ޕްރޮމޯޝަންގެ ދަށުން ހެޔޮކޮށްފައެވެ. ފުލްކްރީމް އެއް ލީޓަރ ޕެކެޓެއް 23 ރުފިޔާއަށް ވިއްކާއިރު ދެ ޕެކެޓް ނަންގަވާނަމަ 40 ރުފިޔާއަށް ދެ ޕެކެޓް ލިބިވަޑައިގަންނަވާނެ ކަމަށް މައުލޫމާތުދީފައިވެއެވެ.