Last Updated: June 27, 02:30
Friday, June 26, 2026
ޚަބަރު

ރައިސް ސޯލިހް ކުޅުދުއްފުށި އެމްޑީޕީ ލީޑާޝިޕާ ބައްދަލުކުރައްވައިފި

ރައީސުލްޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ކުޅުދުއްފުށީގައި ހަރަކާތްތެރިވާ އެމްޑީޕީގެ އިސްފަރާތްތަކާ ބައްދަލުކުރައްވައިފިއެވެ.

ރައީސް އޮފީހުގެ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވީ، ރައީސް ސޯލިހް ކުޅުދުއްފުށީގެ އެމްޑީޕީގެ އިސްފަރާތްތަކާ ބައްދަލުކުރައްވާ އެރަށުގެ ތަރައްޤީގެ މަސައްކަތްތަކާއި ޕާޓީގެ ކަންކަން ހަރުދަނާ ކުރުމާ ގުޅޭގޮތުން މަޝްވަރާކުރެއްވިކަމަށެވެ.

އެގޮތުން ކުޅުދުއްފުށީ ތަރައްޤީގެ މަސައްކަތްތަކާއި، މަގުހެދުމާއި، ސިއްހީ ދާއިރާ އަދި ބޯހިޔާވަހިކަމުގެ ދާއިރާއާ ގުޅުންހުރި ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރެއްވިކަމަށް މައުލޫމާތުދިފައިވެއެވެ.

މި ބައްދަލުކުރެެއްވުމުގައި ކުޅުދުއްފުށިސިޓީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި، ކައުންސިލް މެމްބަރުންވެސް ބައިވެރިވެވަޑައިގެންފައިވެއެވެ.