Last Updated: June 27, 02:30
Friday, June 26, 2026
ޚަބަރު

ނަފުރަތުގެ ބިލުން އުފަންވަނީ އިތުރު ނަފުރަތު: ސައުދު

މެމްބަރު ސައުދު ހުސައިން--

"ނަފުރަތުގެ އަމަލު ހިިންގުން" ކުށަކަށް ހެދުމަށް ޤާނޫނުލްއުޤޫބާތަށް ސަރުކާރުން ހުށަހަޅާފައިވާ އިސްލާހުން އުފެދެނީ އިތުރު ނަފުރަތު ކަމަށް ވިލިނގިލީ ދާއިރާގެ މެމްބަރު ސައިދު ހުސައިން ވިދާޅުވެއްޖެއެވެ.

ސައުދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ނަފުރަތުގެ ބިލަކީ ސަރުކާރު ހޫނުފެނަށްލާ ކައްކަން ބޭނުންކުރާ ދަރަށް ވެގެން ނުވާނެކަމަށެވެ.

ރާއްޖޭގެ ދީނީ އިލްމުވެރިންނާއި ރައްޔިތުންގެ މެޖޯރިޓީ މި ބިލާއި ދެކޮޅު ހަދަމުންދާ ވަގުތެއްގައި މިފަދަ ބިލެއް ގަދަބާރުން ފާސްކުރުންވާނީ ވަރަށް ހުދުމުހުތާރު ކަމަކަށް ކަމަށް ސައުދު ވިދާޅުވެފައިވެއެވެ. އަދި ނަފުރަތުގެ ބިލުން އުފަންވަނީ އިތުރު ނަފުރަތުކަމަށްވެސް ސައުދުގެ ޓްވީޓްގައިވެއެވެ.

ސައުދު މިފަދައިން ޓްވީޓްކުރައްވާފައިމިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ނެރުއްވި ބަޔާނެއްގައި ސަރުކާރުން ނަފުރަތުގެ ބިލު ފާސްކުރުމަށް ދެކޮޅު ހަދާތީ އެކަމުގައި ކަންބޮޑުވުން ފާޅުކުރައްވާ އަދި އެ ބިލު ފާސްނުކުރާނަމަ ސަރުކާރަށް ތާއީދު ނޯނާނެކަމަށް ވިދާޅުވެފައިވަނިކޮށެވެ.