Last Updated: June 27, 02:30
Friday, June 26, 2026
ޚަބަރު

ވެރިކަމަށް ދަހިވެތިވުމަކީ ފަރުވާ ހޯދަންޖެހޭ ބައްޔެއް: އަމީތް

މަޑުއްވަރީ ދާއިރާގެ ކުރީގެ މެމްބަރ މުހައްމަދު އަމީތު، ފޮޓޯ: އަވަސް

ވެރިކަމަށް ދަހިވެހިވުމަކީ ފަރުވާ ހޯދަންޖެހޭ ބައްޔެއްކަމަށް މަޑުއްވަރީ ދާއިރާގެ ކުރީގެ މެމްބަރު އަދި ރާއްޖެއިން ޖަޕާނަށް ކަނޑައަޅުއްވާފައި ހުންނަވާ ޑެޕިއުޓީ އެމްބެސެޑަރު މުހައްމަދު އަމީތު ވިދާޅުވެއްޖެއެވެ.

އަމީތް ކުރެއްވި ޓްވީޓެއްގައި ވަނީ ރާއްޖޭގައި ވެރިކަން ކޮށްފަ ތިބި ވެރީން، ވެރިކަމަށް ދަހިވެތި ވުމަކީ ޕްރޮފެޝަން ކަމުގައި، ނުވަތަ އެއީ ކެރިއަރ އެއްގެ ގޮތުގަ ދެކެނީ ކީއްވެތޯ ސުވާލު އުފައްދަވާފައެވެ.

އަދި ވިދާޅުވެފައިވަނީ ވެރިކަމަށް ދަހިވެތި ވުމަކީ ޕްރޮފެޝަނެއް ނުވަތަ ކެރިއަރއެއްވެސް ނޫންކަމަށާއި، އެއީ ފަރުވާ ހޯދަންޖެހޭ ބަލިމަޑުކަމެއްކަމަށެވެ.

އަމީތު މިފަދައިން ވިދާޅުވެ ޓްވީޓް ކުރައްވާފައިމިވަނީ އެމްޑީޕީގެ ތެރޭގައި ބައިބައިވުންއުފެދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ފާޅުގައި ފާދުވިދާޅުވެ ސަރުކާރާއި ދުރައްޖެހި އެހެންގޮތެއް ހޯދާކަން ހާމަކުރައްވާފައިވާ ދަނޑިވަޅެއްގައެވެ. ބޮޑަށް ބެލެވޭ ގޮތުގައި އަމީތުގެ މި ޓްވީޓަކީ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ކުރައްވާފައިވާ ޓްވީޓެކެވެ.