Last Updated: June 27, 02:30
Friday, June 26, 2026
ޚަބަރު

ރާއްޖޭގެ މުދާ ހުރުމުން ލަންކާގެ މަސްވެރިންތަކެއް ހައްޔަރުކޮށްފި

ފޮޓޯ: ސަންޑޭ ޓައިމްސް

ރާއްޖެ ސަރަހައްދުން ހިފެހެއްޓި މަސްބޯޓެއް ދޫކޮށްލުމުން އެނބުރި ގައުމަށް ދިޔަ އިރު ރާއްޖޭގެ މުދާތަކެއް ހުރުމުން އެ މީހުންނާއި މުދާތައް ލަންކާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

ލަންކާގެ މީޑީއާތަކުގައި ރިޕޯޓްކޮށްފައިވާގޮތުގައި އެ މަސްވެރިން ހައްޔަރުކޮށްފައިވަނީ ލަންކާގެ ކަސްޓަމްސް ގާނޫނާއި ހިލާފަށް އެ ގައުމަށް މުދާ އެތެރެކުރިކަމަށް ބުނެއެވެ. އަދި އެމީހުން ހައްޔަރު ކޮށްފައިވަނީ މިދިޔަ ހަފްތާގެ ހުކުރު ދުވަހު ކަމަށްވެސް ބުނެފައިވެއެވެ.

މި މައްސަލައިގައި ހައްޔަރު ކޮށްފައިވަނީ ލަންކާގެ ހަ މަސްވެރިއެވެ.

އެމީހުން އެތެރެ ކުރި މުދަލުގެ ތެރޭގައި، ކަރަންޓު އެކި އާލާތްތަކާއި، އަންނައުނާ، ރީތިވާ ސާމާނުގެ އިތުރުން ދަޅުމަހާއި ކާނާގެ ބާވަތްތައް ހިމެނޭ ކަމަށް ބުނެފައިވެއެވެ.

މި މަސްބޯޓަކީ މިދިޔަ މޭ މަހުގެ ތެރޭގައި ރާއްޖެ ސަރަހައްދުން އަތުލައިގަނެފައިވާ މަސްބޯޓެކެވެ.