Last Updated: June 27, 02:30
Friday, June 26, 2026
ޚަބަރު

ހަނިމާދޫ މަގުތަކުގައި ތާރުއެޅުމުގެ އަމަލީ މަސައްކަތް ރައީސް ސޯލިހް ފައްޓަވައިދެއްވައިފި

ހަނިމާދޫ މަގުތަކުގައި ތާރުއެޅުމުގެ އަމަލީ މަސައްކަތް ރައީސް ސޯލިހް ފައްޓަވައިދެއްވަނީ--

އުތުރުގެ ތިން ރަށަކަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހު ކުރަށްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ހދ. ހަނިމާދޫ މަގުތަކުގައި ތާރުއެޅުމުގެ އަމަލީ މަސައްކަތް ފައްޓަވާދެއްވައިފިއެވެ.

ހދ. ހަނިމާދޫ މަގުހެދުމުގެ މަޝްރޫޢުގެ ދަށުން، 20 މަގެއްގެ 44،000 އަކަ މީޓަރުގެ ސަރަޙައްދެއްގައި ތާރުއެޅުމާއި ފެންހިންދާ ނިޒާމެއް ޤާއިމުކުރުމާއި، މަގުބައްތި ހަރުކުރުމުގެ އިތުރުން މަގުމަތީ ނިޝާން ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.

ހަނިމާދޫ މަގުހެދުމުގެ މަޝްރޫއުއަކީ 71.9 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

މި ރަސްމިއްޔާތުގައި، ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމާއި، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު، ހެލްތް މިނިސްޓަރު އަހުމަދު ނަސީމް އަދި އެމްޓީސީސީގެ ސީއީއޯ އަލީ އާޒިމް ބައިވެރިވެވަޑައިގެންފައިވެއެވެ.