Last Updated: June 27, 02:30
Friday, June 26, 2026
ޚަބަރު

ހަނިމާދޫ އަދި ނޮޅިވަރަންފަރު ހައުސިން ޔުނިޓްތަކުގެ މަސައްކަތް ނިންމަން ހަވާލުކޮށްފި

ހދ. ހަނިމާދޫ އަދި ހދ. ނޮޅިވަރަންފަރުގައި އިމާރާތްކުރަން ފަށާފައިވާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިންމަން ހަވާލުކޮށްފިއެވެ.

ހަނިމާދޫގައި އިމާރާތް ކުރަން ފަށާފައިވާ 52 ހައުސިން ޔުނިޓް ނިންމުމުގެ މަސައްކަތާއި އެ ރަށުގައި އަލަށް އިމާރާތް ކުރާ 48 ހައުސިން ޔުނިޓްގެ މަސައްކަތް ހަވާލުކުރީ ދޮންބެޒް ޕްރައިވެޓް ލިމިޓަޑާ އެވެ. ނޮޅިވަރަމްފަރުގައި އިމާރާތް ކުރަން ފަށާފައިވާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިންމަން ހަވާލުކުރީ ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓަޑާ އެވެ.

ހައުސިން މިނިސްޓްރީން މައުލޫމާތު ދީފައިވާގޮތުގައި ހަނިމާދޫ ހައުސިން ޔުނިޓްތަކުގެ މަސައްކަތް 330 ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކޮށްފައިވާއިރު އެ ޕްރޮޖެކްޓަށް 79.3 މިިލިއަން ރުފިޔާ ހަރަދުކުރެވެއެވެ. އަދި ނޮޅިވަރަންފަރުގެ މަސައްކަތް ހަވާލުކޮށްފައިވަނީ 240 ދުވަހުގެ ތެރޭގައި ނިންމަންޖެހޭ ގޮތަށް 53.5 މިލިއަން ރުފިޔާ އަށެވެ.

މި ދެރަށުގައިވެސް ނުނިމި ހުރި މަސައްކަތްތަކަކީ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ފަށާ އަދި 2014 ވަނަ އަހަރު ހުއްޓިފަިއ ހުރި މަސައްކަތްތަކެވެ.