Last Updated: June 26, 20:28
Friday, June 26, 2026
ޚަބަރު

ރައީސް ނުރަސްމީ ދަތުރުފުޅެއްގައި ސްރީލަންކާއަށް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ސްރީލަންކާއަށް މިއަދު ފުރާވަޑައިގެންފިއެވެ.

ރައީސް އޮފީހުން ބުނެފައިވަނީ ރައީސް ސޯލިހްގެ އަރުގައި އަނބިކަނބަލުން ފަޒްނާ އަހުމަދުވެސް ލަންކާއަށް ފުރާވަޑައިގެންފައިވާކަމަށެވެ.

ރައީސްގެ ދެކަނބަލުންގެ މި ދަތުރުފުޅަކީ ނުރަސްމީ ދަތުރުފުޅެއްކަމަށް ރައީސް އޮފީހުން މައުލޫމާތުދެއެވެ.

މި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް އެނބުރި ވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައިވަނީ ޖުލައި 23 ވަނަ ދުވަހުއެވެ.