Last Updated: June 26, 20:28
Friday, June 26, 2026
ޚަބަރު

ކޮވިޑްގެ އިތުރު ރާޅެއްގެ ފުރުސަތު ކުޑަކުރުމަށް ރައްކާތެރިކާއެކު އީދު ފާހަގަކުރުމަށް ގޮވާލައިފި

ކޮވިޑް ޓެސްޓްަ ކުރުމަށް ސާމަޕް ނަގަނީ

ކޮވީޑް-19 ގެ އިތުރު ރާޅެއްގެ ފުރުސަތު ކުޑަކުރުމަށް ރައްކާތެރިކަމާއެކު އީދު ފާހަގަކުރުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ގޮވާލައިފިއެވެ.

އަލްހާ އީދާ ގުޅުވާ އެޗްޕީއޭއިން ކުރި ޓްވީޓެއްގައި ބުނެފައިވަނީ، އީދާއި ގުޅިގެން ޗުއްޓީ ހޭދަކުރުމަށް ތަންތަނަށް ދަތުރުކުރުމާއި އީދުގެ ޙަރަކާތްތައް ރައްކާތެރިކަމާއެކު ފާހަގަ ކުރުމަށް ހުރިހާ އެންމެންވެސް އެކުގައި މަސައްކަތްކުރަންވާނެ ކަމަށެވެ.

އެގޮތުން ބަލީގެ އިތުރު ރާޅެއް އައުމުގެ ފުރުސަތު ކުޑަކުރުމަށް ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ކަމޭހިތަންވާނެ ކަމަށްވެސް އެޗްޕީއޭއިން ބުނެފައިވެއެވެ.

ކޮވިޑް-19 އަށް ރާއްޖެއިން ޕޮޒިޓިވްވާ މީހުންގެ އަދަދު ވަރަށް ބޮޑަށް ކޮންޓްރޯލް ކޮށްފައިވާއިރު ބަލި ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ފިޔަވަޅުތަކަށް ވަނީ ވަރަށް ބޮޑަށް ލުއި ދީފައެވެ. އެގޮތުން މާލޭގައި ކާފިއު އުވާލާފައިވާއިރު ވެކްސިންގެ ދެ ޑޯޒް ހަމަކޮށް ނެގެޓިވް ސާމްޕަލަކާއެކު ކަރަންޓީން ނުވެ ރަށްރަށަށް ދަތުރުކުރެވޭ ގޮތަށް ވަނީ ހަދާފައެވެ.