Last Updated: June 26, 20:28
Friday, June 26, 2026
ޚަބަރު

ފްލެޓް އެގްރިމެންޓްގައި ސޮއި ކުރަން ދެން ފަށާނީ އާދީއްތަ ދުވަހު

ހިޔާ މަޝްރޫއުގެ ފްލެޓުތައް: ފޮޓޯ / ވަން

ހިޔާ ފްލެޓް ލިބުނު ފަރާތްތަކަށް އެގްރިމެންޓްގައި ސޮއި ކުރުމަށް ދެން ފަށާނީ އާދީއްތަ ދުވަހު ކަމަށް ހައުސިން ޑިވަލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ބުނެފިއެވެ.

އެޗްޑީސީން މީގެ ކުރިން ބުނެފައިވަނީ، އީދު ބަންދަށް މެދުކަނޑާލުމަށްފަހު އެގްރިމެންޓްތަކުގައި ދެން ސޮއި ކުރަން ފަށާނީ މިމަހުގެ 24 ވަނަ ދުވަހުކަމަށެވެ.

އެހެންނަމަވެސް އެއީ އީދު ބަންދުގެ އެންމެ ފަހު ދުވަހަށް ވުމުން އެޗްޑީސީން ވަނީ ސޮއި ކުރުން ކުރިއަށް ގެންދާނީ މި މަހުގެ 25 ވަނަ ދުވަހުން ފެށިގެން ކަމަށް އެޗްޑީސީން ބުނެފައިވެއެވެ.

ހިޔާ ފްލެޓް ލިބުނު ފަރާތްތަކަށް އެގްރީމެންޓްގައި ސޮއި ކުރުމަށް ފަށާފައިވަނީ މިމަހުގެ 14 ވަނަ ދުވަހުއެވެ. ސޮއި ކުރުމަށްފަހު އެ ފަރާތްތަކަށް އަންނަނީ ފްލެޓް ތަޅުދަނޑިވެސް ހަވާލުކުރަމުންނެވެ.