Last Updated: June 26, 20:28
Friday, June 26, 2026
ޚަބަރު

ކޮވިޑް ގައި އިތުރު މަރެއް، ޖުމުލަ އަދަދު 218

ކޮވިޑް-19 ޖެހިގެން ރާއްޖެއިން އިތުރު މީހަކު މަރުވެއްޖެއެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި މަރުވެފައިވަނީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުންދިޔަ މީހެކެވެ. އެ މީހާގެ މައުލޫމާތު އަދި އެޗްޕީއޭއިން ހާމަކޮށްފައެއް ނުވެއެވެ.

މިއާއެކު ރާއްޖެއިން ކޮވިޑް ޖެހިގެން މަރުވި މީހުންގެ ޖުމުލަ އަދަދު ވަނީ 218 އަށް އަރާފައެވެ.

ރާއްޖެއިން ބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު ވަނީ 76،188 އަށް އަރާފައެވެ. އެކްޓިވް ކޭސްތަކުގެ އަދަދަކީ 2619 ކަމަށްވާއިރު އޭގެތެރެއިން 8 މީހަކަށް ފަރުވާ ދެމުން އަންނަނީ ހޮސްޕިޓަލުގައެވެ. މި ބަލިން 73،340 މީހުން ރަނގަޅުވެފައިވެއެވެ.