Last Updated: June 26, 20:28
Friday, June 26, 2026
ޚަބަރު

އައްޑޫސިޓީ ކައުންސިލް އެސްޖީ މަގާމަށް ޝަރުތު ހަމަވީ 13 ފަރާތެއް

އައްޑޫސިޓީ ކައުންސިލް އިދާރާ --

އައްޑޫސިޓީ ކައުންސިލްގެ ސެކްރަޓަރީ ޖެނެރަލްގެ މަގާމަށް ކުރިމަތިލި ފަރާތްތަކުގެ ތެރެއިން މަގާމަށް ޝަރުތު ހަމަވަނީ 13 ފަރާތެއްގެ ކަމަށް ސިވިލް ސާވިސް ކޮމިޝަނުން ބުނެފިއެވެ.

އައްޑޫސިޓީ ކައުންސިލްގެ ސެކްރަޓަރީ ޖެނެރަލްގެ މަގާމަށް ކުރިމަތި ލާފައިވަނީ 15 ފަރާތެކެވެ.

އެ މަގާމަށް ކުރިމަތިލި ފަރާތްތަކުގެ ސްކްރީނިން މަރުހަލާގެ ނަތީޖާ ޝީޓް ސިވިލް ސާވިސް ކޮމިޝަނުން އާންމު ކޮށްފައިވާއިރު ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން ދެ ފަރާތެއް މަގާމަށް ޝަރުތު ހަމަނުވާކަމަށް ހާމަކޮށްފައިވެއެވެ.

ސިވިލް ސާވިސް ކޮމިޝަނުން ބުނެފައިވަނީ މި މައުލޫމާތާއި ގުޅިގެން އެއްވެސް ޝަކުވާއެއް އޮތްނަމަ، ޕޮއިންޓް ލިބިފައިވާ ގޮތުގެ ޝީޓް އާންމު ކުރުމުގެ ކުރިން [email protected] އަށް މެއިލްކުރުމަށެވެ.

ލާމަރުކަޒީ ޤާނޫނަށް 2019 ވަނަ އަހަރު ގެނައި ބޮޑު އިސްލާހުގައި އެޤަނޫނުގެ 126 ވަނަ މާއްދާގެ (ހ)ގައި ބުނެފައިވަނީ، ކައުންސިލްގެ އެންމެ އިސް އިދާރީ މުވައްޒަފެއްގެ ގޮތުގައި، ކައުންސިލްގެ ލަފަޔާއެކު، ކައުންސިލްގެ ސެކްރަޓަރީ ޖެނެރަލްކަމުގެ މަޤާމަށް މީހަކު އައްޔަނުކުރާނީ ސިވިލް ސާވިސް ކޮމިޝަނުން ކަމަށެވެ.