Last Updated: June 7, 22:00
Sunday, June 7, 2026
ޚަބަރު

ދެ ސީސީޓީވީ ކެމެރާ ހަރުކޮށްފި

ފުލުހުންގެ ކަސްޓޯޑިއަލް އިމާރާތް ކައިރީގައި ކެމެރާ ހަރުކޮށްފައިު. ފޮޓޯ/ އައްޑޫ ލައިވް

އައްޑޫ އަމާން ތަނަކަށް ހެދުމަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ދަށުން މިހާތަނަށް ދެ ސަރަހައްދެއްގައި ސީސީޓީވީ ކެމެރާތައް ހަރުކޮށްފި އެވެ.

ކެމެރާތައް ހަރުކޮށް ބޭނުން ކުރަން ފެށުމުން ކޮމިޝަނާ އޮފް ޕޮލިސް ހުސައިން ވަހީދާއި އައްޑޫ މޭޔަރު އަބްދުﷲ ސޯދިގް (ސޯބެ) މިއަދު ވަނީ އިފުތިތާހު ވެސް ކޮށް ދެއްވައިފަ އެވެ.

ފުލުހުން ހާސިލް ކުރަން ރާވައިވާ 100 ދުވަހުގެ ޕްލޭނުގެ ދަށުން އައްޑޫގެ ފަސް ސަރަހައްދެއްގައި ޖުމްލަ 10 ސީސީޓީވީ ކެމެރާ ހަރު ކުރަން ވަނީ ނިންމައިފަ އެވެ.

މިހާތަނަށް ހަރު ކުރި ދެ ކެމެރާ ހުރީ ކުރީގެ ހިތަދޫ ޕޮލިސް ސްޓޭޝަން އަދި މިހާރު އައްޑޫ ސިޓީ ކަސްޓޯޑިއަލް ހުރި އިމާރާތް ކައިރީގަ އެވެ.

މިގެ އިތުރުން ވެސް އައްޑޫގެ އިތުރު ހަތަރު ސަރަހައްދެއްގައި ކެމެރާ ހަރުކުރުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ.