މާލޭ ހުކުރު މިސްކިތުގެ ހުރުމަތް ކެނޑޭގޮތަށް އަރާއިން ބިދޭސީ އަންހެނެއްގެ ވީޑިއޯ ސޯޝަލްމީޑިއާގައި އާންމުވެއްޖެއެވެ.
ވީޑިއޯއިން ފެންނަ ގޮތުގައި މިސްކިތަށް އަރާއިން އަންހެން މީހާއިނީ "މެޑިޓޭޝަން" ގައި މީހުން ތިބޭއިރު އިންނަ ގޮތަށެވެ. އަދި އޭނާގެ ކުރިމަތީގައި އެއްޗެއް އޮންނަ މަންޒަރުވެސް ވީޑިއޯއިން ފެނެއެވެ.
އެ އަންހެން މީހާގެ ވީޑީއޯ ނަގާފައިވަނީ އެ ވަގުތު މިސްކިތްތެރޭގައި ހުރި މީހެކެވެ. އަދި ވީޑިއޯއިން މިސްކިތުގައި އިތުރު ބަޔަކު ތިބި މަންޒަރެއް ނުފެނެއެވެ.
މި ވީޑިއޯ ސޯޝަލްމީޑީއާގައި އާންމުވެ ގިނަބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ. އަދި މިސްކިތްތަކުގެ ހުރުމަތް ކެނޑުން ގިނަވެފައިވާކަން ގިނަ ބަޔަކު އަންނަނީ ފާހަގަކުރަމުންނެވެ.