Last Updated: April 28, 16:32
Sunday, April 28, 2024
ޚަބަރު

ގޭގެ އަގު 150،000ރ. އަރައިފި

ސ.ހިތަދޫ މާމެންދޫ ސަރަހައްދުގައި ކައުންސިލުން އިމާރާތްކޮށްފައިވާ ގޭގެ ނީލަމްގެ އެންމެ ފަހުގެ އަގަކަށް 150،000 ރުފިޔާ ހުށަހަޅައިފިއެވެ.

މާމެންދޫ 355 ނަންބަރު ބްލޮކްގެ 512 ނަންބަރު ގޯތީގައި އިމާރާތްކޮށްފައިވާ 2 ކޮޓަރިއާއި ސިޓިން ރޫމް ހިމެނޭ ގޭގެ ނީލަމް ފެށޭ އަގަކަށް ކައުންސިލުން އިއްލާންކޮށްފައިވަނީ 50،000 ރުފިޔާއެވެ.

މިހާތަނަށް މިގެ ގަތުމަށް ގިނަ ބަޔަކު ވަނީ އަގު ހުށަހަޅާފައެވެ.

ނީލަމުން ގެ ލިބޭފަރާތަކަށް ގެ ހިމެނޭ ބިން ބަންޑާރަ ބިމުގެ ގޮތުގައި ރަޖިސްޓްރީ ވެސް ކޮށްދޭ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.

ބިން ރަޖިސްޓްރީކޮށް ދެވޭނީ ބިމާ ބެހޭ ގާނޫނުގެ 18 ވަނަ މާއްދާގައި ބުނެފައިވާ ޝަރުޠު ފުރިހަމަވާ ފަރާތަކަށެވެ.

މި ގެ ބަލަން ފަރާތްތަކަށް ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:00 އިން 10:00 އަށް ކައުންސިލް އިދާރާ އަށް ވަޑައިގަތުމުން ގެ ބެލޭނެ އިންތިޒާމް ވަނީ ހަމަޖެހިފައެވެ..