Last Updated: May 17, 13:59
Friday, May 17, 2024
ޚަބަރު

ކޮވިޑް ގައި އިތުރު މަރެއް، ޖުމުލަ އަދަދު 219

ކޮވިޑް-19 ޖެހިގެން ރާއްޖެއިން އިތުރު މީހަކު މަރުވެއްޖެއެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި މަރުވެފައިވަނީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުންދިޔަ އުމުރުން 60 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެ މީހާގެ މައުލޫމާތު އަދި އެޗްޕީއޭއިން ހާމަކޮށްފައެއް ނުވެއެވެ. އެހެންނަމަވެސް އެމީހާ ނިޔާވެފައި ވަނީ ރޭ 23:43 ގައި ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

މިއާއެކު ރާއްޖެއިން ކޮވިޑް ޖެހިގެން މަރުވި މީހުންގެ ޖުމުލަ އަދަދު ވަނީ 219 އަށް އަރާފައެވެ.

ރާއްޖެއިން ބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު ވަނީ 76،188 އަށް އަރާފައެވެ. އެކްޓިވް ކޭސްތަކުގެ އަދަދަކީ 2600 ކަމަށްވާއިރު އޭގެތެރެއިން 11 މީހަކަށް ފަރުވާ ދެމުން އަންނަނީ ހޮސްޕިޓަލުގައެވެ. މި ބަލިން 73،637 މީހުން ރަނގަޅުވެފައިވެއެވެ.