ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ފަރާތްތަކަށް އެހީތެރިވާނެ ނަރުހުން ހޯދުމަށް އިއުލާނު ކޮށްފިއެވެ.
އައިޖީއެމްއެޗްއިން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ފަރާތްތަކަށް، ޚާއްސަކޮށްފައިވާ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި އަދި ކޮވިޑް ބައްޔަށް ފަރުވާދޭ އެހެނިހެން ތަންތަނުގައި ވަގުތީ ގޮތުން މަސައްކަތްކުރާނެ ރެޖިސްޓަރޑް ނަރުހުން ބޭނުންވާކަމަށެވެ.
އެގޮތުން އިއުލާނު ކޮށްފައިވަނީ ރަޖިސްޓަރޑް 36 ނަރުުހުން ހޯދުމަށެވެ.
އެއް އަހަރުގެ މުއްދަތަށް އެ ނަރުހުން ނަގާއިރު، މުސާރައިގެ ގޮތުގައި މަހަކު 9060 ރ. އަދި އެލަވެންސްގެ ގޮތުގައި ދުވާލަކު 188ރ. ލިބޭނެކަމަސް އިއުލާނުގަިއ ބުނެފައިވެއެވެ.
މި މަގާމަށް ޝައުގުވެރިވާ ފަރާތްތަކުން 05 އޮގަސްޓް 2021 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން [email protected] އަށް މެއިލް ކުރުމަށް އައިޖީއެމްއެޗްއިން އެދިފައިވެއެވެ.