Last Updated: June 26, 20:28
Friday, June 26, 2026
ޚަބަރު

ބޮމުގެ ހަމަލާއާ ގުޅޭ ޕްރެސް ކޮންފަރެންސެއް މިރޭ

ފޮޓޯ: އޭއެފްޕީ

މޭ 6 ވަނަ ދުވަހުގެ ރޭ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށްދިން ބޮމުގެ ހަމަލާއާ ގުޅިގެން މިރޭ ޕްރެސް ކޮންފަރެންސެއް ބޭއްވުމަށް ނިންމައިފިއެވެ.

ފުލުހުން ބުނެފައިވަނީ، މިޕްރެސް ކޮންފަރެންސްގައި މައުލޫމާތުދޭނީ ޕްރޮސިކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް، ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދް އަދި އެސިސްޓެކްޓް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ރިޔާޒް ކަމަށެވެ.

މި ޕްރެސް ކޮންފަރެންސް ފަށާނީ މިރޭ 08:40 ގައި ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން ހައްޔަރުކޮށްފައިވާ ހަތަރު މީހެއްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ފުލުހުން ވަނީ މައްސަލަ ޕީޖީއަށް ފޮނުވާފައެވެ. އަދި އެ މައްސަލަތަކާ މެދު 15 ދުވަހުގެ ތެރޭގައި ގޮތެއް ނިންމާނެކަމަށް ޕީޖީން ބުނެފައިވެއެވެ.

ނަޝީދަށް ދިން ހަމަލާއާ ގުޅިގެން ޖުމްލަ 9 މީހަކު ފުލުހުންގެ ހައްޔަރަށް ގެންގޮސްފައިވެއެވެ. އޭގެތެރެއިން ވަނަވަރު އާންމުކޮށްފައިވަނީ ފަސް މީހެއްގެއެވެ. އެއީ ވ. ތިނަދޫ، ހިޔާ، އަދުހަމް އަހުމަދު ރަޝީދުގެ އިތުރުން މއ. ފޭރުގޭ މުޖާޒް އަހުމަދާއި ގއ. ކޮނޑޭ، ފޮޅޭމާ ތަހުމީން އަހުމަދު އަދި ލ. ގަން ދުންފިނިއުފާ އަހްމަދު ފާތިހު އަދި ނ. މަނަދޫ، ނޫރީގެ، އަލީ ހައިޝަމްއެވެ.