ހުޅުމާލޭ ފޭސް2 ގައި މަރާލާފައި އޮށްވާ ފެނުނު 13 އަހަރުގެ ކުއްޖާގެ މަރުގެ މައްސަލައިގައި ހައްޔަރުކޮށްފައި ހުރި ކުޑަ ކުއްޖާގެ ބަންދު މުއްދަތު އިތުރު ކޮށްފިއެވެ.
މައުލޫމާތު ލިބިފަިއވާ ގޮތުގައި ހައްޔަރު ކޮށްފައިހުރި ކުޑަކުއްޖާގެ ބަންދަށް މިމަހުގެ 20 ވަނަ ދުވަހު ވަނީ 15 ދުވަސް ޖަހާފައެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައި ހުރި 27 އަހަރުގެ މީހާ ވަނީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައެވެ.
13 އަހަރުގެ ފިރިހެން ކުއްޖަކު ރަހީނުކޮށްފައިވާ ކަމަށް ބެލެވޭ މައްސަލައެއް މި މަހުގެ 20 ވަނަ ދުވަހު ފުލުހުންގެ އިދާރާ އަށް ހުށަހަޅާފައިވާއިރު އެ މައްސަލައާ ގުޅިގެން އެ ކުއްޖާ ހޯދުމަށް ކުރެވުނު މަސައްކަތުން އެ ކުއްޖާ މަރާލާފައި އޮއްވާ ޖޫން 21 ވަނަ ދުވަހުގެ ރޭ 2:38 ހާއިރު ފެނިފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ކުއްޖާ ފެނިފައިވަނީ ހުޅުމާލެ ފޭސް 2ގެ މޫދުން ފޮއްޓަކަށްލާފައި އޮށްވައެވެ.
މިމައްސަލައިގައި ފުލުހުން 17 އަހަރުގެ ކުއްޖަކާއި 27 އަހަރުގެ އިބްރާހިމް ޒިހާން، ނ. ލަންދު އެވެ.