Last Updated: April 25, 22:42
Thursday, April 25, 2024
ޚަބަރު

ކާނަލް ނާޒިމް އުފައްދަވާ ޕާޓީގެ ލޯގޯ ދައްކާލައިފި

ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެމްބަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް އިސްވެ ހުންނަވާ މަޖިލީހުގެ އެހެން މެމްބަރުންތަކަކާ އެކު އުފައްދަވާ ސިޔާސީ ޕާޓީގެ ލޯގޯ ދައްކާލައިފިއެވެ.

"މޯލްޑިވްސް ނެޝަނަލް ޕާޓީ"ގެ ލޯގޯ ދައްކާލާފައިވާއިރު ކުލައިގެ ގޮތުގައި ބޭނުންކޮށްފައިވަނީ ގަދަ ނޫ ކުލައާއި ފެހި އަދި ހުދު ކުލައެވެ.

އެ ޕާޓީ އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން ދީފައިވާއިރު، އެ ޕާޓީ އުފެއްދުމުގެ ހުއްދައަށް އެދިވަޑައިގެންފައިވަނީ ވިލިމާލެ ދާއިރާގެ މެމްބަރު މުހައްމަދު އުޝާމްގެ ނަމުގައެވެ.

އެ ޕާޓީއަށް ނާޒިމް ހިމެނިވަޑައިގަންނަވާ ގޮތަށް މަޖިލީހުގެ ފަސް މެމްބަރުން ގުޅިވަޑައިގަންނަވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

އެއީ ކާނަލް ނާޒިމާއި، ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒާއި، ވިލިނގިލީ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް، ނޮޅިވަރަމު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު (މޮސްޓާ) އަދި ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުލްމުހުސިން ހަމީދެވެ.