Last Updated: April 26, 06:56
Friday, April 26, 2024
ޚަބަރު

އެމްޑީޕީ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް މިރޭ

ފޮޓޯ: އެމްޑީޕީ

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް މިރޭ ބޭއްވުމަށް ހަމަޖައްސައިފިއެވެ.

އެމްޑިޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުން މިރޭ ތާވަލުކޮށްފައިވަނީ 09:00 އަށެވެ. އަދި ޖަލްސާ ކުރިއަށްގެންދާނީ އޮންލައިންކޮށް ކަމަށްވެސް ބުނެފައިވެއެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއް މިރެއަށް ތާވަލުކުރިއިރު، ރޭ ފުލުހުން ވަނީ ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން ޕްރެސް ކޮންފަރެންސްއެއް ބާއްވާފައެވެ. އަދި އެ ޕްރެސް ކޮންފަރެންސްގައި ފުލުހުންގެ ތަހުގީގާއި ގުޅޭ އެންމެ ފަހުގެ މައުލުމާތުތައް ހިއްސާކޮށްފައިވާއިރު، އެ ހަމަލާ ރޭވުމުގައި އިސްކޮށް ހަރަކާތްތެރިވެފައިވާ މީހުންނާއި، ހަމަލާދިން މޯޓިވް ހާމަކޮށްފައިވެއެވެ.

އަދި ފުލުހުންގެ ތަހުގީގަށް ގިނަ ބަޔަކު ތައުރީފް ކުރަމުން އަންނައިރު، ރައީސް ނަޝީދަށް ތާއީދުކުރާ ފަރާތްތަކުން އަންނަނީ ބައެއް ކަންކަމާއި މެދު ހިތްހަމަނުޖެހުން ފާޅުކުރަމުންނެވެ. އެގޮތުން އެގޮތުން ހަމަލާއަށް ބަޔަކު ފަންޑް ކުރި ކަމަށް ނުބެލެވޭކަމަށް ފުލުހުން ބުނެފައިވާތީ އެކަމާއި މެދު ރައީސް ނަޝީދަށް ތާއީދުކުރާ ފަރާތްތަކުން އަންނަނީ ސުވާލު އުފައްދަމުންނެވެ.