Last Updated: April 20, 11:49
Saturday, April 20, 2024
ޚަބަރު

ހިތާމޭ ދިނީމަވެސް "ނުވީ" ނޫންތޯ؟: ރައީސް ނަޝީދު

އެމްޑީޕީން ބޭއްވި ޖަލްސާއެއްގައި ރައީސް ނަޝީދު - ފޮޓޯ: ސަން

ފުލުހުންނަށް ދޭނޭ ބަޔާނަކަށްވެސް އޮތީ ޖާނާ ހިތާއި މޭ ކަމަށް ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ އެމަނިކުފާނުގެ ބަހަކީވެސް އަދި ބަޔާނަކަށްވެސް ދައްކަންއޮތް އެއްޗަކީ އެމަނިކުފާޏުގެ "ޖާނާއި ހިތާ މޭ" ކަމަށެވެ.

"ޝާއިރު ވިދާޅުވިފަދައިން ހިތާމޭ ހިބައިން ލިޔެދިނީމާވެސް ނުވީ ނޫންތޯ؟" ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދް ޓެގް ކުރައްވާ ރައީސް ނަޝީދު ކުރެއްވި ޓްވީޓްގައިވެއެވެ.

ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން ފުލުހުން ރޭ ބޭއްވި ޕްރެސް ކޮންފަރެންސްގައި ހާމަކޮށްފައިވާ މައުލޫމާތުތަކަށް ރައީސް ސޯލިހަށް ތާއިދުކުރާ ފަރާތްތަކުން ތައުރީފް ކުރަމުން އަންނައިރު، ރައީސް ނަޝީދަށް ތާއީދުކުރާ ފަރާތްތަކުން އަންނަނީ ބައެއް ކަންކަމާއި ގުޅޭގޮތުން ސުވާލު އުފައްދަމުންނެވެ. އެގޮތުން ހަމަލާއަށް ބަޔަކު ފަންޑް ކުރި ކަމަށް ނުބެލެވޭކަމަށް ފުލުހުން ބުނެފައިވާތީ އެކަމާއި މެދު ރައީސް ނަޝީދަށް ތާއީދުކުރާ ފަރާތްތަކުން އަންނަނީ ސުވާލު އުފައްދަމުންނެވެ.