ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ ސެކއިުރިޓީ ވަރުގަދަ ކޮށްފިއެވެ.
މިނިސްޓަރު ޝާހިދުގެ ސެކިއުރިޓީ ވަރުގަދަ ކޮށްފައިވާކަން ކަށަވަރު ވެފައިވާއިރު ސެކިއުރިޓީ ވަރުގަދަކުރި ވަކި ސަބަބެއް ސާފެއް ނުވެއެވެ.
މައުލޫމާތު ލިބޭ ގޮތުގައި ޝާހިދުގެ ސެކިއުރިޓީ ވަރުގަދަ ކޮށްފައިވަނީ އދ.ގެ އާންމު މަޖިލީހުގެ އަންނަ ދައުރުގެ ރައީސްކަމަށް އިންތިހާބުވިތާ ދުވަސްކޮޅެއް ފަހުންނެވެ.
މިކަމާ ގުޅިގެން ސަރުކާރުގެ އަދި އެމްއެންޑީއެފްގެ ރަސްމީބަހެއް އަދި ލިބޭގޮތްވަނީ ނުވެފައެވެ.
އދ. ގެ 76 ވަނަ އާއްމު މަޖިލީހުގެ ރައީސަކު ހޮވުމަށް މިދިޔަ މަހުގެ 7 ވަނަ ދުވަހު ބޭއްވި އިންތިހާބުގައި ޝާހިދު އެ މަގާމު ކާމިޔާބު ކުރެއްވީ 143 ގައުމެއްގެ ވޯޓާ އެކު އެވެ.