Last Updated: June 26, 20:28
Friday, June 26, 2026
ޚަބަރު

ރައީސް ނަޝީދު ބަނގުރާ ބުއިން ހުއްޓާލައިފި

ރައީސް މުހައްމަދު ނަޝީދު-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ރާބުއިން ހުއްޓާލާފައިވާކަން ހާމަވެއްޖެއެވެ.

އެކަން ހާމަވެފައިވަނީ އެމިނިކުފާނު އަމިއްލަފުޅަށް އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕަށް ފޮނުވި މެސެޖުގައިވާ ލިޔުމުންނެވެ. އެ ލިޔުން ލެއްވިތާ އިރުކޮޅެއްފަހުން ރައީސް ނަޝީދު ވަނީ އެ ލިޔުން ގްރޫޕުން ނަންގަވާފައެވެ. އެހެންނަމަވެސް އެ ލިޔުން ސޯޝަލްމީޑިއާގައި އަންނަނީ ދައުރުވަމުންނެވެ.

ގްރޫޕަށް ލެއްވި މެސެޖް އަދި ފަހުން ޑްލީޓްކޮށްފައިވާ މެސެޖް–

އެ ލިޔުން ރައީސް ނަޝިދު ގްރޫޕަށް ލައްވާފައިވަނީ އެމަނިކުފާނުގެ ނަފްސާނީ ހާލުކޮޅު ރަނގަޅު ނޫންކަމަށްބުނެ ވެބްސައިޓެއްގައި ލިޔެފައިވާ ލިޔުމަކަށް ރައްދުދެއްވުމުގެ ގޮތުންނެވެ.

އެމަނިކުފާނުގެ ނަފުސާނީ ހާލަތު ވަޒަންކޮށް އިނގިރޭސިވިލާތުގެ ސައިކޮލޮޖިސްޓަކު ދެއްވި ލިޔުމުގައި ބުނެފައިވަނީ ހަމަލާގެ ފަހުން ބައެއްކަހަލަ ނަފްސާނީ މައްސަލަތައް ހުރެދާނެކަމަށް ބައެއް މީހުނަށް ގަބޫލުކުރެވުނު ނަމަވެސް ރައީސް ނަޝިދުގެ ނަފްސާނީ މައްސަލައެއް ނެތްކަމަށެވެ.

އަދި އަމިއްލައަށް ބަނގުރާ ބުއިން ހުއްޓާލާފައިވާތީ ނިދުމުގައިވެސް މައްސަލައެއް ނެތްކަމަށް ލިޔުމުގައި ބުނެފައިވެއެވެ.

ސޯޝަލްމީޑިއާގައި ދައުރުވަމުން އަންނަލިޔުން–

މި ލިޔުން ގްރޫޕަށްލެއްވިތާ އިރުކޮޅެއްފަހުން ރައީސް ނަޝީދު މި ލިޔުން ގްރޫޕުން ނަންގަވާފައިވެއެވެ.

މޭ 6 ވަނަ ދުވަހު ރައީސް ނަޝީދަށް އަމާޒުކޮށްދިން ބޮމުގެ ހަމަލާއާ ގުޅިގެން އިތުރު ފަރުވާއަށް މިވަގުތު ރައިސް ނަޝީދު ވަޑައިގެންހުންނެވީ އިނގިރޭސިވިލާތުގައެވެ.