Last Updated: April 25, 22:42
Thursday, April 25, 2024
ޚަބަރު

ރައީސް ސޯލިހް އެމްޑީޕީ ޕީޖީ ލީޑަރު އަލީ އާޒިމްއާ ބައްދަލުކުރައްވައިފި

ފޮޓޯ: ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމްއާ ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުމާއި ގުޅޭގޮތުން އަލީ އާޒިމް ވިދާޅުވީ، މި ބައްދަލުކުރެއްވުމުގައި ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާއާ ގުޅޭގޮތުން މަޝްވަރާކޮށް ވާހަކަ ދެކެވުނު ކަމަށެވެ.

މީގެއިތުރުން ރައްޔިތުންގެ މަޖިލީހާއި އެހެން އިދާރާތަކާއި ގުޅިގެން މަސައްކަތް ކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރެވުނު ކަމަށްވެސް އާޒިމް ވިދާޅުވިއެވެ.

އެމްޑީޕީގެތެރޭގައި އުފެދިފައިވާ ނުތަނަވަސްކަމުގައި އެންމެ ފަހުން ބޭއްވި ޤައުމީ މަޖިލީހުގެ ޖަލްސާގައިވެސް އަލީ އާޒިމް ވަނީ ސަރުކާރާއި ޕާޓީއާ ވާހަކަނުދެކެވޭކަން ފާހަގަކުރައްވާފައެވެ.

ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީގެ ސުޕަމެޖޯރިޓީ އޮންނައިރު ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރާ ފަރާތްތަކާއި ރައީސް ސޯލިހަށް ތާއީދުކުރާ ފަރާތްތަކާއި ދެމެދު ހާއްސަކޮށް މަޖިލިސް މެމްބަރުންގެ މެދުގައި އުފެދިފައިވާ ނުތަނަވަސްކަން ވަނީ ބޮޑުވެފައެވެ.