ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ދުބާއީއަށް ވަޑައިގަންނަވާކަން ހާމަކުރައްވައިފިއެވެ.
ރައިސް ސޯލިހް ދުބާއީއަށް މިއަދު ކުރައްވާ ދަތުރުފުޅަކީ ނުރަސްމީ ދަތުރުފުޅެއްކަމަށް މައުލޫމާތު ދީފައިވެއެވެ. އެހެންކަމުން ދަތުރުފުޅާ ގުޅޭ އިތުރު މައުލޫމާތެއް ރައީސް އޮފީހުން ހާމަކޮށްފައެއްނުވެއެވެ.
މި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް ސޯލިހް މަލެ ވަޑައިގަންނަވާނީ މިމަހުގެ 31 ވަަނަ ދުވަހުއެވެ.
މިފަހުން ރައީސްގެ ދެ ކަނބަލުންވަނީ ނުރަސްމީ ދަތުރުފުޅެއްގައި ސްރީލަންކާއަށްވެސް ވަޑައިގެންފައެވެ.