Last Updated: April 26, 06:56
Friday, April 26, 2024
ޚަބަރު

"ކެނެރީގެ ދޫކޮށް މުލިއާގެއަށް" ޕީޖީ ލީޑަރު ދިޔަގޮތް ބަލަންޖެހޭ: މަލީހް

އެމްޑީޕީ ޕާލިމެންޓަރީ ލީޑަރު އަލީ އާޒިމް "ކެނެރީގެ ދޫކޮށް މުލިއާގެއަށް" ދިޔަގޮތް މުއައްސަސާތަކުން ބަލަންޖެހޭ ކަމަށް ކުރީގެ ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް ވިދާޅުވެއްޖެއެވެ.

މަލީހް މިފަދައިން ޓްވީޓްކޮށްފައިވަނީ އެމްޑީޕީ ޕީޖީ ލީޑަރު އަލި އާޒިމް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ބައްދަލުކުރައްވާ އެބައްދަލުވުން ކާމިޔާބުކަމަށް ވިދާޅުވެ ޓްވީޓްކުރެއްވުމާއި ގުޅިގެންނެވެ.

އަލީ އާޒިމް މީގެކުރިން ފާހަގަކުރެވިފައިވަނީ އެމްޑީޕީގެ ތެރެއިން ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރައްވާ، އަދި ސަރުކާރުގެ އަދި އެމްޑީޕީގެ ބައެއް ވަޒީރަށް ފާޑުވިދާޅުވާ ބޭފުޅެއްގެ ގޮތުގައެވެ. އެހެންނަމަވެސް އެމްއެމްޕީއާރްސީގެ ފައިސާ ލިބުނު މީހުންގެ ލިސްޓް މަޖިލީހުން އާންމުކުރިއިރު އޭގައި އާޒިމްގެ ނަން ހިމެނިފައި އޮތްއިރު، އޭގެ ފަހުން އާޒިމްގެ ރާގުމަޑުމަޑުން އައީ ބަދަލުވަމުންނެވެ. އަދި މިހާރު އާޒިމް ފާހަގަކުރެވެނީ ސަރުކާރުގެ ދިފާއުގައި ވާހަކަ ދައްކަވާ މެމްބަރެއްގެ ގޮތުގައެވެ.

އާޒިމް ރައީސް ސޯލިހާއި ބައްދަލުކުރެއްވި ވާހަކައާ ގުޅިގެން މަލީހް ކުރެއްވި ޓްވީޓްގައި ބުނެފައިވަނީ "ކެނެރީގެ ދޫކޮށް މުލިއާގެއަށް" އާޒިމް ދިއުމުގެ ފަހަތުގައި ވާނީ ރަނގަޅަށް ވުރެ ގިނަ ގޯސްކަމަށެވެ. އަދި މުއައްސަސާތަކުން ބަލަންޖެހެނީ މިފަދަ "ޓްރާންސްފާރ މާކެޓް" ކަމަށްވެސް މަލީހް ވިދާޅުވިއެވެ.