Last Updated: June 26, 20:28
Friday, June 26, 2026
ޚަބަރު

އިހަވަންދޫގައި ކުރިއަށްދާ މަސައްކަތްތައް ސީއީއޯ އާޒިމް ބައްލަވާލައްވައިފި

ހއ. އިހަވަންދޫގައި އެމްޓީސީސީން ކުރިއަށްގެންދާ މަޝްރޫއުތައް އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ބައްލަވައިލައްވައިފިއެވެ.

އެގޮތުން އިހަވަންދޫ ބަނދަރު މަސައްކަތާއި ފެރީ ޓާމިނަލްގެ މަސައްކަތްތައް އާޒިމް ބައްލަވާލައްވައިފައިވެއެވެ.

އިހަވަންދޫ ބަނދަރު މަސައްކަތުގެދަށުން 30,509 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 95 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމު ތޮށި ލުމާއި، 284 މީޓަރުގެ ސަރަޙައްދެއްގައި ބޭރު ތޮށިލުމާއި، 178 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމަންޓް ޖެހުން ހިމެނޭ ކަމަށާއި މަގުބައްތިއާއި ނެރު ބައްތި ހަރުކުރުމާއި، 4,582 އަކަ މީޓަރު ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުން ހިމެނޭކަމަށް އެމްޓީސީސީން މައުލޫމާތުދެއެވެ.

އިހަވަންދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫއުއަކީ 51.7 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

އިހަވަންދޫގައި ގާއިމުކުރާ ފެރީ ޓާމިނަލަކީ ހއ. އަދި ހދ. އަތޮޅުގައި ގާއިމްކޮށްފައިވާ ސްޕީޑް ފެރީގެ ނިޒާމްގެ ދަށުން އިހަވަންދޫގައި ގާއިމުކުރާ ފެރީ ޓާމިނަލެކެވެ.