Last Updated: April 16, 20:04
Tuesday, April 16, 2024
ޚަބަރު

އިލްރޭލް ޖަލުގައި ހުރި ފަލަސްތީނު މީހަކަށް އަނިޔާކޮށް މަރާލައިފި

އިޒްރޭލްގެ ޖަލުގައި ހުރި ފަލަސްތީނުގެ ފިރިހެނަކަށް އަނިޔާކޮށް މަރާލާފައިވާ ކަމަށް އޭނާގެ އާއިލާއިން ބުނެފިއެވެ.

43 އަހަރުގެ އަބްދޯ ޔޫސުފް އަލްޚާތިބް އަލްތަމީމީ ނަމަކަށް ކިޔާ މީހާ މަރާލާފައިވަނީ އިޒްރޭލްގެ ނޮޓޯރަސް މޮސްކަބިޔާ ޑިޓެންޝަން ސެންޓަރުގައި ހުއްޓާ 23 ޖުލައި ކަމަށް އޭނާގެ އާއިލާއިން ބުނެއެވެ.

އަލްތަމީމީ އަކީ ޝުފާފަތު ރެފިއުޖީ ކޭމްޕްގައި ދިރިއުޅެމުންދަނިކޮށް ޓްރެފިކް ގަވާއިދާއި ޚިލާފުވި މައްސަލައެއްގައި އިޒްރޭލް ސިފައިންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ މީހެކެވެ. އޭނާ މަރުވި އިރު ދުނިޔޭގައި އަނތްބަކާއި 4 ދަރިން އެބަތިއްބެވެ.

އަލްތަމީމީގެ މާބަނޑު އަންހެނުން ކަމަށްވާ ރާނާ ބުނެފައިވާ ގޮތުގައި އަލްތާމީމީއާއެކު ޖަލުގައި ތިބި މީހުންގެ ފަރާތުން އޭނާއަށް އިޒްރޭލް ސިފައިން މީހުން ވަރަށް އަނިޔާކޮށްފައިވާ ކަމަށް ހަބަރު ވަނީ ލިބިފައެވެ.

އެޖަލުގައި އެހެން ގޮޅިތަކުގައި ތިބި ފަރާތްތަކުން ގުޅާފައި އަލްތަމީމީއަށް އަނިޔާކުރި ކަމަށާއި އޭނާ ރޮއި ހަޅޭއްލެވި އަޑު މަރުވެގެން އަޑު ކެނޑެންދެން އެމީހުންނަށް އިވުނުކަމަށް ބުނެފައިވާ ކަމަށް ވެސް އަލްތަމީމީގެ އާއިލާއިން ވަނީ ބުނެފައެވެ.

އޭނާއަކީ ޖަލަށް ދިޔައިރު އެއްވެސް ސިއްޚީ މައްސަލައެއް ހުރި މީހެއް ނޫން ކަމަށާއި ހަބަރު ލިބިފައިވާ ގޮތުގައި އަލްތަމީމީ މަރުވެފައިވަނީ ޖަލުގެ ގާޑުންނާއި ގައިދީންގެ މެދުގައި ހިނގި ކުރިމަތި ލުމެއްގައި ސިފައިން އަލްތަމީމީއަށް ދިން އަނިޔާގެ ސަބަބުންނެވެ.

ސިފައިން ގައިދީންނާއި ކުރިމަތިލާފައިވަނީ އީދުގެ މުނާސަބަތުގައި އެމީހުން ﷲއަކްބަރު ކިޔާ އަޑުގަދަކޯށް އުފާފާޅު ކުރުމުގެ ސަބަބުންނެވެ.

އަލްތަމީމީގެ މަރުވެފައިވާ ފޮޓޯތަކުން އޭނާގެ ބޮލުން ބޮޑުތަނެއް ފަހާފައިވާ މަންޒަރާއި އޭނާގެ ކަކުލުގައި ބޮޑު ޒަޚަމެއް ހުއްޓާ ފެންނަ ކަމަށް ރިޕޯޓްތައް ބުނެއެވެ.

އިޒްރޭލްގެ ޖަލުން ބުނެފައިވަނީ އެމީހުންނަށް ފެނުނު އިރުވެސް އަލްތަމީމީ އޮތީ ޖަލުގޮޅީގައި މަރުވެފައި ކަމަށެވެ. އެމީހުންގެ މެޑިކަލް ޓީމުން އޭނާ ސަލާމަތް ކުރެވޭތޯ ބެލި ކަމަށާއި އެހެން ނަމަވެސް އެކަން ކާމިޔާބު ނުކުރެވުނު ކަމަށް ވެސް އެމީހުން ވަނީ ބުނެފައެވެ.

އަލްތަމީމީގެ ހަށިގަނޑުވަނީ ފަލަސްތީން ޑޮކްޓަރެއްގެ ހާޒިރުގައި އަބޫ ކަބީރް ފޮރެންސިކް އިންސްޓިޓިއުޓްގައި އޮޓޮޕްސީ ހަދާފައެވެ. އަދި އޭގެ ރިޕޯޓް ލިބިފައިނުވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

އދގެ ފަރާތުން ވަނީ މިކަމާއި ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި އިޒްރޭލްގެ ސިފައިންގެ ފަރާތުން ވަނީ އޮޓޮޕްސީ ރިިޕޯޓް ލިބޭހާ އަވަހަކަށް އެމީހުންނާއި ހިއްސާ ކުރުމަށް އެދިފައެވެ.

އދގެ ހިއުމަންރައިޓްސް އޮފިސަރުން ވަނީ ދެފެށްފެންނަ ހާމަކަންބޮޑު ގޮތަކަށް އެ ރިޕޯޓް ލިބުމުން ކަންތައް ގެންދިޔުމަށް އިޒްރޭލް ސިފައިންނަށް އަންގާފައެވެ.