Last Updated: April 26, 15:02
Friday, April 26, 2024
ޚަބަރު

ރައީސް ނަޝީދުގެ ޓްވީޓަށް ޗައިނާ އެމްބަސީން ރައްދު ދީފި

ޗައިނާއިން ރާއްޖެއަށް ކުރިން ކަނޑައަޅާފައި ހުންނެވި ސަފީރު އަދި ރައީސް މުހައްމަދު ނަޝީދު--

މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ޗައިނާއާ ގުޅޭގޮތުން ކުރެއްވި ޓްވީޓަކަށް ރާއްޖޭގައި ހުންނަ ޗައިނާ އެމްބަސީން ރައްދު ދީފިއެވެ.

ރައީސް ނަޝީދު އިއްޔަ ކުރެއްވި ޓްވީޓެއްގައި ވަނީ ދެކުނު ޗައިނާ ކަނޑު ހިމެނޭ ސަރަހައްދުގައި އޮންނަ ސްޕާޓްލީ އައިލެންޑް ހިސާބަށް އިނގިރޭސި ހަނގުރާމަ މަތީ މަނަވަރުތައް ވަދެ އެ ސަރަހައްދުގެ ކަންކަން ބެލެހެއްޓުމުގައި ހަރަކާތްތެެރިވާތީ އެކަމާ އުފާކުރައްވާކަމަށް ވިދާޅުވެފައެވެ.

ރައީސް ނަޝީދުގެ އެ ޓްވީޓަށް ރައްދު ދެއްވާ ރާއްޖޭގައި ހުންނަ ޗައިނާ އެމްބަސީން އެމަނިކުާޏު ޓެގް ކުރައްވާ ކުރި ޓްވީޓެއްގައި ބުނެފައިވަނީ، ބައިނަލްއަޤްވާމީ ގާނޫނުތަކާއި އެއްގޮތްވާގޮތުގެ މަތިން އެ ސަރަހައްދުގައި ހުރިހާ ގައުމެއްގެ އުޅަނދުތަކަށްވެސް ހަރަކާތްތެރިވެ އުޅުމަށް ޗައިނާއިން މަރުހަބާ ކިޔާނެކަމަށެވެ.

އެހެންނަމަވެސް ޗައިނާގެ ސިޔާދަތާއި ސަލާމަތަށް އަދި ސަރަހައްދުގެ ހަމަޖެހުމާއި އަމަނަށް ގެއްލުންލިބޭގޮތަށް އަދި ބާރުވެރިކަން ދެއްކުމަށް ހިންގާއަމަލުތައް ބަލައިނުގަންނާނެ ކަމަށް ޗައިނާ އެމްބަސީން ބުނެފައިވެއެވެ.

ދެކުނު ޗައިނާ ކަނޑުގައި ނުތަނަވަސްކަން އުފެދިފައިވާ ހިސާބާއި ގުޅިގެން މިފަހުންވެސް ޗައިނާއާއި އެ ސަރަހައްދުގެ އެހެން ޤައުމުތައް، އަދި އެމެރިކާފަދަ ގައުމުތަކާމެދު ވެސް އިތުރު ނުތަނަވަސްކަން އުފެދިފައިވެއެވެ. އަދި އެސަރަހައްދުގައި އުޅޭ ފިލިޕިންސްގެ ބޯޓުފަހަރާއި އެހެން ގައުމުތަކުގެ ބޯޓުފަހަރު އަދި އަސްކަރީ އުޅަނދުތަކުގެ ދިފާއުގައި ހަރަކާތްތެރިވާނެކަމަށް އެމެރިކާއިންވެސް ވަނީ ބުނެފައެވެ.