Last Updated: April 20, 07:18
Saturday, April 20, 2024
ޚަބަރު

ބިލެއްފަހު ބަނދަރު މަސައްކަތް، ކޮންކްރިޓް ގާ އެތުރުމުގެ މަސައްކަތް ފަށައިފި

ށ. ބިލެއްފަހި ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫއުގެ ދަށުން ކޮންކްރިޓް ގާ އެތުރުމުގެ މަސައްކަތް ފަށައިފިއެވެ.

އެމްޓީސީސީން ބުނެފައިވަނީ ބިލެއްފަހި ބަނދަރު އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގައު އެތުރުމުގެ މަސައްކަތް 27 ޖުލައި ގައި ފަށާފައިވާކަމަށެވެ. އަދި އާ ހާބަރ ބޭސިން ފުންކުރުމުގެ މަސައްކަތް ނިމިފައިވާކަމަށް އެމްޓީސީސީން ބުނެފައިވެއެވެ،

މި މަޝްރޫއުގެ ދަށުން، 40,576 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 376 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 98 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 1,150 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމެންޓް ހެދުމާއި މަގުބައްތި ހަރުކުރުން ހިމެނެއެވެ.

ބިލެއްފަހި ބަނދަރު މަޝްރޫއަކީ 31.6 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.