Last Updated: May 8, 20:35
Wednesday, May 8, 2024
ޚަބަރު

ރާއްޖެއަށް އައުމަށް ދެން ބޭނުންވާނީ 96 ގަޑިއިރުނުވާ ނެގެޓިވް ޕީސީއާރު ޓެސްޓް!

ބޯޑަރު ހުޅުވި ދުވަހު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންތަކެއް: ފޮޓޯ / ވީއައިއޭ

ރާއްޖެއަށް ދަތުރުކުރާ ފަރާތްތަކުން 96 ގަޑިއިރު ނުވާ ނެގެޓިވް ޕީސީއާރް ޓެސްޓެއް އޮންނަންޖެހޭގޮތަށް އުސޫލަށް ބަދަލުގެނެސްފިއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން މީގެ ކުރިން އުސޫލު ކަނޑައަޅާފައި އޮތްގޮތުން ރާއްޖެއަންނަ ފަރާތްތަކުން ގެންނަންޖެހެނި 72 ގަޑިއިރު ނުވާ ނެގެޓިވް ޕީސީއާރް ޓެސްޓެކެވެ.

އެހެންނަމަވެސް އުސޫލަށް ބަދަލުގެނެސްފައިވާއިރު މިހާރު ވަނީ ރާއްޖެ ދަތުރުކުރާ ފަރާތްތަކުން 96 ގަޑިއިރު ނުވާ ނެގެޓިވް ޕީސީއާރް ޓެސްޓެއް އޮންނަންޖެހޭގަށް ހަދާފައެވެ. 

ރާއްޖޭގައި ކޮވީޑް-19ގެ ހާލަތު ރަނގަޅުވަމުން އަންނައިރު މާލެއާއި އަތޮޅުތަކުން ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އަންނަނި ދަށްވަމުންނެވެ. އަދި ކޮވިޑާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް އަންނަނީ ލުއި ދެމުންނެވެ.